ކުޅުދުއްފުށި ސިޓީގެ ޕޯޓަށް ބިން އިތުރު ކުރުމަށްޓަކައި ކައުންސިލްގައި އެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ ޕޯޓު ބޮޑު ކުރުމާއި އެތަނުގެ އެހެނިހެން ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ.
"އިންޓަނޭޝަނަލް ބޯޓު ފަހަރަށް އައިސް ތިލަކަމުން މަސައްކަތެއް ކޮށްލާނެ އުޅެވޭނެ ޖާގަ ނެތީ، އެއީ އެއްޗެލެންޖަކީ އެކަން ހައްލު ކުރަން މަސައްކަތް ކުރެވޭ." ސައީދު ވިދާޅުވި އެވެ.
"ޕޯޓަށް ބިން އެބަ އިތުރު ކުރެވޭ. މިހާރު ކައުންސިލްގެ ބިމެއް ލިބޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ،" އޭނާ އެވެ.
ސައީދު ވިދާޅުވި އެ ބިމުން ވަޒީފާ އުފެއްދުމަށްޓަކައި ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން ބޭރު ފަރާތްތަކާ އެކީ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުށި ޕޯޓަށް ބިން އިތުރުކުރަން ކައުންސިލަށް ވަނީ ހުށަހަޅާފައި: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ