މާލޭގެ 9 ހާސް އާއިލާއަކަށް މާލެ ސަރަހައްދުން ބިން ދިނުމާ އިގުރައިދޫ ފަލާހު ދެކޮޅު ހެދުމަކުން ހައިރާނެއް ނުވެއެވެ. ހާއްސަކޮށް ހުޅުމާލޭން ބަޔަކަށް ބިންތަކެއް ލިބުމަކީ ސަރުކާރަށް ލިބުނު 13 ބިލިޔަން ރުފިޔާގެ ގެއްލުމެއް ކަމަށް ހަދައިގެން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދައްކާ ހީލަތްތެރި ވާހަކައެކެވެ.
މާލެ ސަރަހައްދުން ހިލޭބަޔަކަށް ގޯތި ދިނިމާ ފަލާހުމެން ކަހަލަ ނުފޫޒުގަދަ މީހުން ނުއަގުގައި ކޮރަޕްޝަންގެ ތެރޭން ގަންނާނެ ބިމެއް އޭރަކުން ނުއޮންނާތާއެވެ. މާލޭގެ ނުފޫޒު ގަދަ ބިންވެރިން ބޭންކުތަކުން ލޯނު ނަގައިގެން ކުރާ ރިޔަލް ސްޓޭޓް ވިޔަފާރިއަށް ގެއްލުންވެދާނެ ކަމަށް ބިރުން މާލެ ސަރަހައްދުގެ އެހެން ބަޔަކަށް ގެދޮރުވެރިކަން ލިބޭކަށް ބޭނުމެއް ނުވާނެއެވެ. އެހެންވީމާ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރި ގޯތިތަކަށް ބަދަލު ދިނުމަށްފަހު ދައުލަތަށް ބިންތައް ނުނަގައެއް ނުވާނެތާއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުގް ދައުލަތަށް 13 ބިލިއަން ރުފިޔާގެ ގެއްލުންވަންޏާ މާލެ ނޫން އެހެން ރަށްރަށުގެ ބިން ހިއްކައިގެން ހިލޭ މީހުނަށް ގޯތި ދިނީމާ ނުވާ ގެއްލުމެއް ހުޅުމާލެއިން ގޯތި ދީގެން ނުވާނެއެވެ.
މާލެ ސަރަހައްދުން ގޯތިނުދީ ސަރުކާރު ހިންގާ މީހުން ބައިއަޅައިގެން ދަވާލާނެ ފައިސާ ހޯދަން އޮތްތަނަކަށް މާލެ ސަރަހައްދުގެ ބިންތައް ހަދަން އުޅޭނެ ކަމެއްނެތެވެ.
    
    ރަށްރަށުގެ ބިންހިއްކައިގެން ގޯތިދީގެން ނުވާ ގެއްލުމެއް މާލެ ސަރަހައްދުން ގޯތިދީގެން ނުވާނެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            