އަލްމަރުހޫމް ޙުސައިން ވަހީދު (ފޯކައިދޫ ވަހީދު) ގެ ޚަރަދުގައި ށ. ފޯކައިދޫގައި އިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި އަލްމަރްހޫމް ހުސައިން ވަޙީދުގެ ދަރިފުޅު އަހްމަދު ނަވީން ހުސައިން އެވެ.
މިއީ އެއް ފަަހަރާ 400 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ތަނަވަސް މިސްކިތެވެ. މިސްކިތުގެ ނަމަކީ "މަސްޖިދުލް ނޫރު" އެވެ.
މަަރްހޫމް ހުސައިން ވަހީދުގެ ހަަރަދުގައި ބިނާކުރެއްވި މިސްކިތް ހުޅުވުން --
މި މިސްކިތަކީ ހުސައިންގެ ޚަރަދުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. ވިޔަފާރީގައި ފާހަގަކޮށްލެވުނު ހުސައިން އަވަހާރަވީ ފޯކައިދޫ ދާއިރާގެ މަޖިލީސް މެންބަރު ކަަމުގައި ހުންނަވަނިކޮށް ކެންސަރު ބަލީގަ އެވެ.
މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ ފޯކައިދޫއަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ ޝެއިޚް އަޙްމަދު ސަމީރެވެ.
މަަރްހޫމް ހުސައިން ވަހީދުގެ ހަަރަދުގައި ބިނާކުރެއްވި މިސްކިތް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ