ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު، މައުރޫފު ޒާކިރު (މަޓޭ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހަިއފިއެވެ.
މިދިޔަ ބުދަ ދުވަހު ފެށި މި މުޒާހަރާއަކީ މަސްވެރިންގެ ދުވަހާއި ގުޅިގެން "ދެން ނުވަނެ، ދެން ނުފުރޭނެ". ނަމުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުޒާހަރާއެކެވެ. އެ މުޒާހަރާ ރުޅާލައި މަޓޭ އާއި އިތުރު ކެޔޮޅުންތަކެއް ހައްޔަރުކުރިއިރު ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާގެ ބަންދުގެ މުއްދަތު ޖަހާފައެވެ.
އެގޮތުން ކަނޑުދަތުރުކުރުމަށް ހުރަސްއެޅުމާއި ކޯސްޓް ގާޑަށް ގެއްލުން ދިނުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތާއެކު އޭނާ ފަސް ދުވަހަށް ވަނީ ބަންދުކޮށްފައެވެ.
މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން މައުރޫފު ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި އޭނާގެ ދިފާއުގައި މިއަދު އެމްޑީޕީން ވަނީ ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެ ހައްޔަރުން ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖު ވެސް ކޮށްފައެވެ. އަދި އެ އިޖުތިޖާޖުގައި ބީކޭޔޫ މެންބަރުން ބައިވެރިވެ ހައްޔަރުކުރި ކޮޔުޅުން ދޫކޮށްލުމަށްވެސް ގޮވާލާފައި ވެއެވެ.
މުޒާހަރާގައި ބައިވެރިވި އުޅަނދުތައް ހުޅުމާލެ ބަނދަރުން ނުކުމެގެން އައިސް ބުދަ ދުވަހުގެ ހަވީރުން ފެށިގެން މުޒާހަރާ ކުރަމުންދިޔައީ މާލެ ބޭރުގައެވެ. ނަމަވެސް ފުލުހުންގެ އެންގުންތަކަށް ބޯނުލަނބައި މުޒާހަރާ ކުރި ސަރަހައްދުން ދަތުރު ކުރި އެހެން އުޅަނދުތަކަށް ހުރަސް އަޅާ ކަމަށް ބުނެ ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލާ 3 ދޯންޏާއި މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކޮށްފައެވެ.
އެކަމަކު މުޒާހަރާ ހުއްޓާ ނުލާ ކަމަށާއި އެ މީހުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީ ނުވާހާ ހިނދު މުޒާހަރާ ހުއްޓާ ނުލާނެ ކަމަށް ބުނެ ބީކޭޔޫއިން މިހާރުވެސް ދަނީ ހުޅުމާލޭ ފަޅުގައު މުޒާހަރާ ކުރަމުންނެވެ.
މަސްވެރިންގެ މުޒާހަރާ: މެންބަރު މައުރޫފް 5 ދުވަހަށް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ