މަސްވެރިންގެ އިހުތިޖާޖު: މެމްބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ބޮޑު ކަންނެލި މަސްވެރިންގެ ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފި އެވެ.މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖެހީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.އެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މައުރޫފު، ބަންދުގެ މުއްދަތު ޖަހަން މިއަދު ކޯޓަށް ހާޒިރުކުރުކޮށް ފުލުހުން އެދުނީ 15 ދުވަހަށް ބަންދުކޮށްދިނުމަށެވެ. އެކަމަކު ކޯޓުން ބަންދު އަމުރު ދީފައިވަނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.މައުރޫފްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ:ކަނޑު ދަތުރުފަތުރުކުރުމަށް ހުރަސްއެޅުންކޯސްޓު ގާޑު އުޅަނދަކަށް ގެއްލުންދިނުންފުލުހުންގެ ވާޖިބަށް ހުރަސް އެޅުންމަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރުގެ އިތުރުން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ކޯޓަށް ހާޒިރުކުރި އިރު، އޭނާ ނިސްބަތްވާ އިިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި މަސްވެރިން ވެސް ކޯޓު ދޮށަށް އެއްވެ، އެންމެން މިނިވަންކުރަން ގޮވާލަމުން ދިޔަ އެވެ.މައުރޫފް ހައްޔަރުކުރުން ކުށްވެެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާއިރު، މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖު ބާރުގެ ބޭނުންކޮށްގެން ފުލުހުން ހުއްޓުވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.މައުރޫފް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަމަށާއި މަސްވެރިންގެ އިހުތިޖާޖު ރޫޅާލައި ބައެއް މީހުން ހައްޔަރުކޮށް، އެ އިހުތިޖާޖުގައި މަސްވެރިން ބޭނުންކުރި ބައެއް ދޯނިތައް ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައީ ސަރުކާރުގެ "ދޯހަޅި ސިޔާސަތުތަކަށް" ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލަން ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ