ރާއްޖޭގައި ޓްވިން އޮޓަރ ކްލެސިކް 300-ޖީ ބޭނުންކުރާ ފުރަތަމަ އެއަރލައިނަކަށް މޯލްޑިވިއަން

"ޓްވިން އޮޓަރ ކްލެސިކް 300-ޖީ ރާއްޖެއަށް ތައާރަފުކުރާ ފުރަތަމަ އެއަރލައިނަކަށް މޯލްޑިވިއަން ވެގެންދާކަމީ މޯލްޑިވިއަން ލިބޭ ވަރަށް ބޮޑު ފަޚުރެއް. ސީޕްލޭން ތަކަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޗުއްޓީގެ ފެށުން. އަލަށް އިތުރުކުރެވޭ ބޯޓުތަކާއެކު، މޯލްޑިވިއަން އިން ފަތުރުވެރިންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ" އިޔާސް ވިދާޅުވިއެވެ.
އިޔާސް އިތުރަށް ވިދާޅުވި ގޮތުގައި މިއީ ފަތުރުވެރިންގެ ތަޖުރިބާއަށާއި، ޚިދުމަތްދޭ ރިސޯޓުތަކާއި ރަށްރަށުގެ މުޖުތަމައުތަކަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މީގެ ސަބަބުން ބޯޓުގެ އެތެރޭގެ ހިތްގައިމުކަން ބޮޑުވެ، ރާއްޖޭގެ ރަށްތައް ރައްކާތެރިކަމާއެކު ގުޅުވައިދިނުމަށް އެއަރލައިނުން ވެފައިވާ އިޤުރާރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ޓްވިން އޮޓަރ މަތިންދާބޯޓަކީ އާކްޓިކް ސަރަހައްދުތަކުން ފެށިގެން ޓްރޮޕިކަލް ޖަޒީރާ މަންޒިލްތަކާ ހަމައަށް އެންމެ ފާހަގަކޮށްލެވޭ ޔުޓިލިޓީ އެއަރކްރާފްޓެވެ. ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް، ރައްކާތެރިކަމާއެކު ދަތުރުކުރެވޭ މިންގަނޑަކީ ޓްވިން އޮޓަރ މަތިންދާބޯޓު ތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ