ހުޅުމާލޭގައި ހަރުކޮށްފައި ހުރި ސްޕީޑް ބްރޭކާތަކާ ގުޅިގެން ރައްޔިތުން އިންތިހާއަށް ޝަކުވާ ކުރުމުން އެ ސްޕީޑް ބްރޭކާތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގައިފި އެވެ.
އެޗްޑީސީން މިދިޔަ ސެޕްޓެމްބަރު މަހު އެ ސްޕީޑް ބްރޭކާތައް ހަރު ކުރި ފަހުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ ރައްޔިތުން ސޯޝަލް މީޑިއާގެ އިތުރުން އެހެނިހެން ތަންތަނުގައި ވެސް ސްޕީޑް ބްރޭކާތައް ނެގުމަށް ވަނީ ގޮވާލާފަ އެވެ.
އުސްކޮށް ހުންނަ އެ ސްޕީޑް ބްރޭކާތައް ނެގުމަށް ރައްޔިތުން ގޮވާލީ އެ ސްޕީޑް ބްރޭކާތަކުގެ ސަބަބުން މައިބަދައަށް ގެއްލުންވެ، ސިއްހީ އެހެނިހެން ސަބަބުތަކާ ގުޅިގެން ވެސް ގެއްލުން ލިބިދާނެތީ އެވެ.
މާލޭގެ އެކި އަވަށްތަކާ މުހައްމަދު މުއިއްޒު ބައްދަލުކުރަން ބޭއްވި ޖަލްސާއެއްގައި ވެސް ހުޅުމާލޭ ސްޕީޑްބްރޭކާގެ ސަބަބުން ދަތިވާ ކަމަށް މީހަކު ޝަކުވާކުރި އެވެ.
ހުޅުމާލޭގެ މަގުތައް ހިތްފަސޭހަ ތަންތަނަށް ހެދުމަށް ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ނެގުމަށް މިދިޔަ ފަސް ދުވަހު ފުލުހުން ވަނީ ހާއްސަ މަސައްކަތެއްގެ ދަށުން 787 އުޅަނދު ޓޯކޮށްފަ އެވެ.
މީގެއިތުރުން ހުޅުމާލޭގެ އެންމެ ބާރުބޮޑުވާ ސަރަހައްދުތަކުގައި ޓްރެފިކް ލައިޓް ބެހެއްޓުމުގެ އިތުރުން ބައެއް ސަރަހައްދުތަކުގައި ފުލުހުން ބަހައްޓައިގެން ވެސް ޓްރެފިކް ފްލޯ ބަލަހައްޓަ އެވެ.
ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އޮތް ސްޕީޑް ބްރޭކާތައް ހުޅުމާލެއިން ނަގައިފި ރައްޔިތުންގެ ޝަކުވާ އިންތިހާއަށް އޮތް ސްޕީޑް ބްރޭކާތައް ހުޅުމާލެއިން ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ