މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށްވެސް މުއްދަތު ޖަހައިފި އެވެ.
ސައުވީސް ގަޑިއިރަށް ދެމިގެންދިޔަ މަސްވެރީންގެ އިހްތިޖާޖު ފުލުހުން ހުއްޓުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ގާނޫނާއި ހިލާފު ބައެއް ކަންކަން ފެނުމުން އެކަންކަން ހުއްޓުވަން ތަަކުރާރުކޮށް އެދުމަށް ފަހު އެވެ. މި އިހްތިޖާޖުގައި މަސްވެރި ދޯނިތަކުގައި އުޅޭ ބިދޭސީން ބައިވެރިވި އެވެ. އެ މީހުން ވަނީ ފުލުހުންނަށް ހުތުރު ބަހުން ވާހަކަ ދައްކާ އަވަގުރާނަވެސް ގޮވާފަ އެވެ.
އިހްތިޖާޖުގެ ތެރެއިން ހައްޔަރު ކުރީ ތިން މީހުންނެވެ.
ފުލުހުން ބުނީ މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށްވެސް މުއްދަތު ޖަހާފައިވާ ކަމަށެވެ. އެ ގޮތުން ތިން މީހުންގެ ބަންދަށް ވެސް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
މި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުވެސް ހިމެނެ އެވެ.
މަސްވެރީންގެ އިހްތިޖާޖު: މައުރޫފް ހިމެނޭހެން ތިން މީހަކު ބަންދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ