އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެއްޖެ އެވެ.
ހަ ޓީމު ވާދަކުރާ ވިމެންސް ފުޓްބޯލް ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް މި ވަނީ ތިން މެޗު ކުޅެފަ އެވެ. ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ދެ މެޗެވެ. ހަތަރު ޓީމަކުން އަންނަނީ ލީގަށް ވާދަކުރަމުންނެވެ. ލީގުގެ އެއް ވަަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، އޮޑި އަށް މާޒިޔާ އަށް ވުރެން ގިނައީ ދެ ގޯލެވެ.
ތިން ވަނައިގައި އޮތް ވިކްޓަރީ އާއި ހަތަރެއްގައި އޮތް ނިއު އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ފައިދާލަނޑުން ކުރީގައި އޮތީ ވިކްޓަރީ އެވެ. ދެން ލީގުގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ބިސް ބުރު ސްޕޯޓްސް ކްލަބް ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން، ތިން ވަނަ މިިނިޓްގައި ވިކްޓަރީގެ ސަފީނާ ރުޝާނިޔާ ޖެހި ޝޮޓެއް ވަނީ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. ނިއު އިން މި މެޗުގައި ލަނޑެއް ޖެހޭތޯ ކުރި މަސައްކަތްތައް ހުއްޓުވަން ވިކްޓަރީގެ ކީޕަރު، ފާތިމަތު ސައުސަން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ވިކްޓަރީގެ ސަފީނާ އަށް ރަތް ކާޑު ދެއްކި ވަގުތު ދެ ޓީމުގެ ކުޅުންތެރިން މެޗުގެ ރެފްރީ ވަށާލައިގެން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ވިކްޓަރީން މެޗުގެ ފަހު ވިއްސަކަށް މިނިޓް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނެވެ. އެއީ، މެޗުގެ 50 ވަނަ މިނިޓްގައި، ނިއުގެ ފާތިމަތު ފައިހާ އަލީ ހަސަން ކައިރިން ބޯޅަ ހިފައިގެންދާން އުޅުމުގެ ތެރޭގައި، ވިކްޓަރީގެ ސަފީނާ، ބޯޅަ ބޭރުވި ފަހުން ފައިހާ ގައިގައި ޖެހުމުން، ސަފީނާ އަށް ވަނީ ސީދާ ރަތެއް ދައްކައިފަ އެވެ. އަދި، ބެންޗުގައި އިނދެފައި ދަނޑަށް އެރި، ނިއުގެ ޝަހުލާ ތައުފީގަށް ވަނީ ރީނދޫ ކާޑެއް ދައްކައިފަ އެވެ.
ވިކްޓަރީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ގޯލެއް ޖެހޭތޯ ނިއު އިން ކުރި މަސައްކަތް ކާމިޔާބުނުވި އެވެ. ލިބުނު ފުރުސަތުތަކުގައި ވިކްޓަރީން ވެސް ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ.
ވިމެންސް ފުޓްބޯލް ލީގުގެ މެޗުތައް ދެން ކުރިއަށްދާނީ ހޯމަ އާއި އަންގާރަ އަދި ބުދަ ދުވަހު އެވެ. އަންގާރަ ދުވަހު ހަވީރު ނިއު އާއި މާޒިޔާ އިން ބައްދަލުކުރާއިރު، އަންގާރަ ދުވަހު ހަވީރު ކުޅޭނީ ބިސް ބުރާއި ޓީސީ އެވެ. އަދި، ބުދަ ދުވަހު ހަވީރު، އޮޑި އާއި ވިކްޓަރީ ވާދަކުރާނެ އެވެ.
އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ނިއު އާއި ވިިކްޓަރީގެ ކުރިމަތިލުން ހަމަހަމަ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގު: ނިއު އާއި ވިިކްޓަރީގެ ކުރިމަތިލުން ހަމަހަމަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ