މަސައްކަތް ކޮށްދޭން ޖެހޭނީ ވޯޓާ ޖެހުނީމައެއް ނޫން، މަގާމަށް އަންނަނީ ޚިދުމަތް ކޮށްދޭން: އާޒިމް

ރައްޔިތުންނަށް މަސައްކަތްތައް ކޮށްދޭން ޖެހޭނީ ވޯޓާ ޖެހުނީމައެއް ނޫން ކަމަށާއި މަގާމަށް އިންތިޚާބުވަނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ. ވިލިމާލޭގައި "ދެން ވެސް އާދަމް އާޒިމް"ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވީ، ރަށްރަށަށް ދިޔުމުން "އާދަމް އާޒިމޭ، ކަންކަން ތި ކުރަނީ މާ އަވަހަށޭ" ގިނަ މީހުން ބުނާ ކަމަށެވެ. އެ ވާހަކައަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ، އިންތިޚާބުވަނީ ވޯޓު ހޯދަން މަސައްކަތް ކޮށްދޭކަށް ނޫން ކަމަށާއި ރައްޔިތުންނަށް އިޚުލާސްތެރި މަސައްކަތެއް ކޮށްދޭން ކަމަށެވެ. އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންގެ މައްސަލަތައް ބަލައިގަނެ، އެ ކަންތައްތައް ކޮށްދޭން. ވޯޓާ ޖެހުނީމަކާ ނޫން މަސައްކަތް ކޮށްދޭން ޖެހޭނީކީމާލޭގެ މޭޔަރު އާދަމް އާޒިމް މިރޭ ބޭއްވި ކެމްޕެއިން ހަރަކާތުގައި މޭޔަރު އާދަމް އާޒިމް --- ސަން ފޮޓޯ/ މޫސާ ނަދީމް އިތުރަށް ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ވިލިމާލެއަށް އަންނަނީ ރައްޔިތުންނަށް ކަންކަން ކޮށްދީ، ފަސޭހަ ކޮށްދޭން ކަމަށެވެ. އެގޮތުން، ދެވަނަ ދައުރަކަށް ހޮވައިދޭން އެދި ރައްޔިތުން ކައިރިއަށް ދަނީ، ކަންތައްތައް ކޮށްދީފައިކަން އާޒިމް ފާހަގަކުރެއްވިއެވެ. މަގާމަކަށް އިންތިޚާބުކޮށްދޭން އެދި، ރައްޔިތުންނަށް ކަންކަން ކޮށްނުދީ އައިސްގެން ނުވާނެކަމަށް މޭޔަރު ގަބޫލުކުރައްވައެވެ. އާޒިމް ވިދާޅުވީ، ވިސްނުމަކީ އެންމެނާ ގުޅިގެން ރައްޔިތުންނާ ގުޅިގެން ޚިދުމަތް ކޮށްދޭން ކަމަށެވެ. އާޒިމް ވިލިމާލެ ރައްޔިތަކާ ސަލާން ކުރަނީ: ވިދާޅުވީ، މަސައްކަތް ކޮށްދޭން ޖެހޭނީ ވޯޓާ ޖެހުނީމައެއް ނޫން ކަމަށް ---- ސަން ފޮޓޯ/ މޫސާ ނަދީމް އޭގެއިތުރަށް، ރައްޔިތުންގެ ކަންކަން ހައްލުކުރުމަކީ ފަސޭހަ ކަންކަން ކަމުގައި ދެކިގެން ނުވާނެ ކަމަށާއި ލީޑަޝިޕް ރޯލަކީ ފަސޭހަ ރޯލެއް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި، އެ މަގާމުގައި ހުންނައިރު، ފަސޭހަވިޔަސް އުނދަގޫ ވިޔަސް ރައްޔިތުންގެ މަސައްކަތްތައް ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް އާޒިމް ގެންދަވަނީ މާލެ ސަރަހައްދުގެ އެކި ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެ ފަދަ ބައްދަލުކުރެެއްވުންތަކުގައި ނުކުރެވޭ ކަންކަން ވެސް ރައްޔިތުން ހުށަހަޅާ ކަމަށެވެ. ނުކުރެވޭ ކަންކަން ހުރީމަ ފިލަންވީއެއް ނޫނޭ. އެ ކަންކަން ކުރެވޭނެ ގޮތްތައް ހޯދަންވީ. ބައެއް ކަންތައްތައް ވަގުތުން [ކޮށްދިނަސް] ބައެއް ކަންތައްތައް [ކޮށްދޭން] ވަގުތު ވެސް ނަގާނެމާލޭގެ މޭޔަރު އާދަމް އާޒިމް ހަމައެހެންމެ، ރައްޔިތުން މަޔޫސް ނުކޮށްލާނެ ކަމަށް ބުނެ، އާޒިމް ވަނީ އޭނާއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. މާލޭގެ މޭޔަރު ކަމަށް އާދަމް އާޒިމްގެ އިތުރަށް ވާދަކުރައްވަނީ، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ. ދެ ބޭފުޅުން ވެސް މަގާމަށް ވާދަކުރައްވަމުން އަންނައިރު، ބަހުގެ ހަމަލާތައް ވެސް އަންނަނީ ރައްދު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ