އާދަމް އާޒިމް ހޮވަންޖެހެނީ، ޕާޓީން މަގާމު ދިނީމައި، ބޮލާލާޖަހައި، ނުދާނެތީ: ޝަރީފު
މޭޔަރަކަށް އާދަމް އާޒިމް ހޮވަން ޖެހެނީ ޕާޓީން މަގާމު ދިނީމައި "ބޮލާލާ ޖަހާފައި" ނުދާނެތީ ކަމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފު މިރޭ ވިދާޅުވެއްޖެއެވެ. މާލޭގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓަށް ވާދަކުރައްވަނީ މިހާރު މޭޔަރަކަށް ހުންނެވި އާދަމް އާޒިމާއި އަލީ އާޒިމެވެ. މިރޭ ވިލިމާލޭގައި އޮތް އާދަމް އާޒިމްގެ ކެމްޕެއިން ހަރަކާތުގައި ނުސީދާ ގޮތެއްގައި އަލީ އާޒިމަށް އިޝާރަތްކުރައްވައި، ޝަރީފް ވިދާޅުވީ، ކުރީގެ ޕްރައިމަރީއެއްގައި އެމްޑީޕީ ދޫކޮށް ދިޔަ ބަޔަކު ވެސް ފެނުނު ކަމަށެވެ. މިރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް އޭނާ އެ އިޝާރަތްކުރެއްވީ، މިދިޔަ އެމްޑީޕީ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާ ދެމެދު ޚިޔާލު ތަފާތު ވުން އުފެދި، ޕްރައިމަރީގައި ނަޝީދަށް ނާކާމިޔާބުވުމުން އެ މަނިކުފާނުގެ ޕެކްޝަނުން ޕާޓީ ދޫކޮށްލެއްވި ވާހަކައަށެވެ. ޝަރީފް ވިދާޅުވީ، އެ ކަންކަމުގައި އުޅުއްވި ބޭފުޅުން މިހާރު ޕްރައިމަރީގައި ވާދަކުރައްވާއިރު، ހޮވެނީ ކޮން ބަޔެއްތޯ ބަލަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އާދަމް އާޒިމަކީ، ދުރު ވިސްނުން ހުރި ސިޔާސީ ލީޑަރެއް ކަމަށާއި އެންމެ ފުރިހަމަ މަސައްކަތެއް ފެނުނީ ސަރުކާރާ އެކީ މަސައްކަތް ކުރަން ފެށުމުން ކަމަށެވެ. ވިލިމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި އާދަމް އާޒިމް ---- ސަން ފޮޓޯ/ މޫސާ ނަދީމް އާދަމް އާޒިމަކީ އަޅުގަނޑުމެންގެ ތެރޭގައި ހުރި މަދު ހުނަރުވެރިންގެ ތެރެއިން ހުނަރުވެރިއެއް. މިކަމަށްޓަކައި އަޅުގަނޑު ވަރަށް ފަޚުރުވެރިވަން ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝަރީފު ފަސް އަހަރެއްގެ ދައުރެއް އާޒިމަށް ދެއްވައިފިނަމަ، ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް މިހާރަށް ވުރެ ފުރިހަމަވާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އާޒިމް މަސައްކަތް ނުކުރާ ކަމަށް ބުނާ އިދިކޮޅު މީހުންނަށް ވެސް ޝަރީފް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން، އާޒިމް ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރަނީ މޭޔަރެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި އެމްޑީޕީގެ ސީނިއާ މަގާމެެއްގައި ހުރި މީހެއްގެ ގޮތުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ