އޮކްލަހޯމާ ސިޓީ، ޔުނައިޓެޑް ސްޓޭޓްސް (މާޗް 14) - އޮކްލަހޯމާ ސިޓީ ތަންޑާ އަށް ކުޅެމުން އަންނަ ކެނަޑާގެ ބާސްކެޓްބޯޅަ ތަރި، ޝޭ ގިލްޖަސް-އަލެކްސަންޑާ، އެންބީއޭގެ 63 އަަހަރުވީ ޕޮއިންޓު ރެކޯޑެއް މުގުރާލައިފި އެވެ.
އެންބީއޭގައި އޮކްލަހޯމާ ސިޓީ ތަންޑާސް އިން ބޮސްޓަން ސެލްޓިކްސް އަތުން 104-102 އިން މޮޅުވި މެޗުގައި ގިލްޖަސް-އަލެކްސަންޑާ ވަނީ 35 ޕޮއިންޓް އެއްކޮށްފަ އެވެ. މިއާ އެކު، އޭނާ މި ވަނީ ޖެހިޖެހިގެން 127 މެޗުގައި މަދުވެގެން 20 ޕޮއިންޓް ހަމަކޮށްފަ އެވެ. މިއީ، އެންބީއޭގެ އާ ރެކޯޑެކެވެ.
މީގެ ކުރިން، އެންމެ ގިނަ މެޗުގައި މަަދުވެގެން 20 ޕޮއިންޓް ހޯދާފައިވަނީ، ލެޖެންޑަރީ ކުޅުންތެރިޔާ، ވިލްޓް ޗަމްބަލެއިން އެވެ. އޭނާ ވަނީ 1961 ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން 1963 ވަނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ޖެހިޖެހިގެން 126 މެޗުގައި، މަދުވެގެން 20 ޕޮއިންޓް އެއްކޮށްފަ އެެވެ.
އުމުރުން 27 އަހަރުގެ ގިލްޖަސް-އަލެކްސަންޑާ، މި ރެކޯޑާ ހަމައަށް އައުމުގެ ދަތުރު ފެށީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. މިދިޔަ އަހަރުގެ އެންބީއޭ ޗެމްޕިއަންކަން، އޮކްލަހޯމާ ސިޓީ އަށް ހޯދައިދިނުމުގައި ބޮޑު ހިއްސާއެއް އޮތް، ގިލްޖަސް-އަލެކްސަންޑާ ބުނީ، ރެކޯޑެއް ފުރިހަމަވަނީ ހަގީގަތުގައި އޭގައި ކާމިޔާބެއް އެކުލެވިފައި އޮވެގެން ކަމަށެވެ.
އަދި، އޭނާ އަށް މި ފަދަ ބޮޑު ރެކޯޑެއް ހެދުނީ، ޓީމުގެ ހުރިހާ ކުޅުންތެރިންގެ ސަޕޯޓާއި ޓީމުން ހޯދި ކާމިޔާބީތަކާ އެކުގައި ކަމަށްވާތީވެ، މި ކަމުގެ އުފާ އަސްލު ފާހަގަކުރަން ޖެހޭ ކަމަށް ގިލްޖަސް-އަލެކްސަންޑާ ވަނީ ބުނެފަ އެވެ.
ބޮސްޓަން ސެލްޓިކްސް އަތުން އޮކްލަހޯމާ ސިޓީ ތަންޑާސް އަށް ލިބުނު މޮޅަކީ ޖެހިޖެހިގެން ހަތް ވަނަ މެޗުގައި ހޯދި ކާމިޔާބެވެ. އަދި، އޮކްލަހޯމާ ސިޓީ ތަންޑާސް އޮތީ އެންބީއޭގެ ވެސްޓާން ކޮންފަރެންސް ތާވަލުގެ ކުރީގަ އެވެ.
ބާސްކެޓްބޯޅަ ތަރި ގިލްޖަސް-އަލެކްސަންޑާ އަށް 63 އަހަރުވީ ރެކޯޑެއް ބާސްކެޓްބޯޅަ ތަރި ގިލްޖަސް-އަލެކްސަންޑާ އަށް 63 އަހަރުވީ ރެކޯޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ