މަސްވެރީންގެ ދުވަހާއި ގުޅުވާ ބޮޑުކަންނެލި މަސްވެރިކަމުގައި ހަރަކާތްތެރިވާ މީހުން ކުރިއަށް ގެންދިޔަ އިހްތިޖާޖުން ހައްޔަރުކުރި ދިވެހި ކެޕްޓަންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ސައުވީސް ގަޑިއިރަށް ދެމިގެންދިޔަ މަސްވެރީންގެ އިހްތިޖާޖު ފުލުހުން ހުއްޓުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ގާނޫނާއި ހިލާފު ބައެއް ކަންކަން ފެނުމުން އެކަންކަން ހުއްޓުވަން ތަަކުރާރުކޮށް އެދުމަށް ފަހު އެވެ. މި އިހްތިޖާޖުގައި މަސްވެރި ދޯނިތަކުގައި އުޅޭ ބިދޭސީން ބައިވެރިވި އެވެ. އެ މީހުން ވަނީ ފުލުހުންނަށް ހުތުރު ބަހުން ވާހަކަ ދައްކާ އަވަގުރާނަވެސް ގޮވާފަ އެވެ.
އިހްތިޖާޖުގެ ތެރެއިން ހައްޔަރު ކުރީ އަށް މީހެކެވެ. އެއީ ހަަތަރު ދިވެހީންނާއި ހަތަރު ބިދޭސީންނެވެ. މީގެ ތެރެއިން "މަސްކުރި" ދޯނީގެ ކެޕްޓަން މުހައްމަދު މުސްތަފާ (ތަކުރު) ފަސް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ބަންދުގައި ތިބި މީހުން ދޫކޮށްލަން ގޮވާލާ އެމްޑީޕީން މިއަދު ވަނީ ކްރިމިނަލް ކޯޓް ސަރަހައްދުގައި މުޒާހަރާވެސް ކޮށްފަ އެވެ.
ތަކުރުގެ ބަންދަށް ފަސް ދުވަސް ޖަަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ