އައްޑޫގައި ބޮޑު އަލިފާނުގެ ހާދިސާއެއް، ގެއެއްގެ ބަދިގެއާއި ސިޓިން ރޫމު އެއްކޮށް އަނދައިފި
އައްޑޫ ސިޓީ، ހިތަދޫގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ ބަޔަކު ދިރިއުޅެމުން ދިޔަ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އަލިފާން ރޯވީ އެ ރަށު، "އާޔާވިލާ" ކިޔާ ގެއެއްގައެވެ. އެމްއެންޑީއެފުން "ސަން"އަށް ބުނީ އަލިފާނުގެ ހާދިސާ ހިނގީ ރޭ 19:18 ހާއިރު ކަމަށާއި، ނިއްވައިލެވުނީ 10:30 ހާއިރު ކަަމަށެވެ. މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން "ސަން"އަށް ބުނީ އަލިފާން ރޯވާން މެދުވެރިވި ސަބަބު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އައްޑޫ ސިޓީ، ހިތަދޫ އާޔާވިލާގައި އަލިފާން ރޯވެ މުޅި ގޭގެ ބޮޑުބައެއް އަނދައިފައި -- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް އަށް މީހުން ދިރިއުޅެމުން ދިޔަ އެ ގޭގެ ސިޓިން ރޫމާއި ބަދިވެ އަނދައި ހުލިވެފައިވާއިރު، ބައެއް ކޮޓަރިތަކަށް ވެސް އަލިފާނުގެ އަސަރު ވަނީ ކޮށްފައެވެ. އަދި އަންނައުނާއި، ކުޑަކުދީންގެ ސްކޫލު ފޮތްތަކާއި، ޔުނީފޯމުތަކާއި، ހިފައިގެންގުޅޭތަކެތި ފަދަ ގިނަ އެއްޗެހި ވަނީ އަނދައިފައެވެ. ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ވެސް ސިޓިން ރޫމާއި ބަދިގޭގައި ހުރި ހުރިހާ ތަކެތިހެން ވަނީ އަނދައިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މީހުން މިހާރު ދިރިއުޅެމުން އަންނަނީ އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސައިދީފައިވާ ތަނެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ