މާލޭ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައެއް ބަލަނީ

މާލޭ ގެއެއްގައި މަރުވެފައި އޮއްވާ މިއަދު މީހަކު ފެނުނު މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެ މަރުގެ މައްސަލައިގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 7:22 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ތަފްސީލް - މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މާފަންނު ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލާގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ފާހަގަވެފައި ނުވާ ކަމަށެވެ.
ނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާއާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ