ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރު ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާ ބަދަލު ކުރަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުން ބޭނުން ވަރަކަށް އަވަސްކުރެވޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިހުތިޔާރު ދީ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ފާސްކޮށްފި އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ދެ ޖަލްސާގެ ތެރެއިން ހެދުނުގެ ޖަލްސާގައި ނެގި ވޯޓު ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓު ދިނީ ބިލު ފާސްކުރުމަށެވެ. ބިލާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުން ބިލު ފާސްކުރީ ގެ ކޮމިޓީގައި ބިލަށް ބައެއް އިސްލާހުތައް ގެނައުމަށްފަހު އެވެ. ބިލަށް ބަދަލު ގެންނަން ހުށަހަޅާ ތާއީދު ކުރީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.
އެގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް އެދޭ ތާރީހުން ނުވަތަ ރައީސުލްޖުމްހުރިއްޔާ ގަރާރު ނެރުއްވާ ތާރީހުން ފެށިގެން ވޯޓު ނެގުމާމެދު 45 ދުވަސް އޮންނަން ޖެހޭނެ ކަމަށް އޮތް އޮތުން ވަނީ ބަދަލުކޮށްފަ އެވެ. ކޮމިޓީން އެ މާއްދާ ބަދަލުކޮށްފައިވަނީ 45 ދުވަހަށްވުރެ މަދު މުއްދަތެއްގެ ތެރޭ ވޯޓު ނެގުމުގެ އިހުތިޔާރު އީސީ އަށް އޮންނާނެ ގޮތަށެވެ.
މީގެ އިތުރުން، މިފަދަ ވޯޓެއް ފާސްވާނީ ސައްހަ ވޯޓުގެ 50 އިންސައްތަ އަށްވުރެ އިތުރަށް ވޯޓު ލިބިގެން ކަމަށް ބުނާ މާއްދާއެއް ވެސް ކޮމިޓީން ވަނީ އިތުރުކޮށްފަ އެވެ.
އަދި، ވޯޓަށް ބޭނުންވާ ފައިސާއަށް އެދޭތާ 10 ދުވަހުގެ ތެރޭ އެކަން ފިނޭންސް މިނިސްޓްރީން އީސީއަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނާ މާއްދާ އެއް ބިލަށް ވަނީ އިތުރުކޮށްފަ އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ސްޕޮންސާކޮށްގެން ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ގުޅޭ މާއްދާއެއް ބަދަލު ކުރާ ނަމަ ނުވަތަ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ނުވަތަ ގައުމީ މުހިންމު މައްސަލަތަކުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގޭގޮތަށް އޮތް ބިލު މަޖިލީހުން ފާސްކޮށްފި ރައީސުލްޖުމްހޫރިއްޔާގެ ދައުރު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގޭގޮތަށް އޮތް ބިލު މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ