އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު ޝަފީގު މަހުމޫދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ވީ ކިހިނެއް؟ - އެޗްއާރުސީއެމްގެ ނައިބުގެ މަގާމަށް ޝަފީގު އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހު އެވެ. މަޖިލީހުން މިއަދު ބޭއްވި ދައުރުން ބޭރު ޖަލްސާގައި އެކަމާ މެދު ގޮތެއް ނިންމަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވާފައިވެ އެވެ.
އެ ކޮމިޓީން ނިންމީ:
އިތުރަށް އިންޓަވިއު ކުރުމެއް ނެތި ރައީސް އެދިވަޑައިގެންފައިވާ ގޮތަށް އެ މަގާމަށް ޝަފީގަށް ރުހުންދިނުމަށް
އިންޓަވިއުނުކޮށް ޝަފީގަށް ރުހުންދޭން ނިންމީ އެއީ ތައުލީމާއި ތަޖުރިބާއަށް ބަލައި އިންޓަވިއުކޮށް މީގެ ކުރިން ވެސް މަޖިލީހުން އެޗްއާރުސީއެމްގެ މެންބަރުކަމަށް ރުހުންދީފައިވާ ބޭފުޅަކަށްވާތީ
ތަފްސީލް - ކޮމިޓީން ނިންމާފައިވާ ގޮތަށް، ޝަފީގު އެ މަގާމަށް އައްޔަންކުރަން ރުހުންދީފައިވަނީ މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ބޮޑު އަގުލަބިއްޔަކުންނެވެ. އެގޮތަށް ފާސްކުރީ:
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ ތާއީދާ އެކު
ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެއް
މި މަހުގެ 8 ވަނަ ދުވަހު އެޗްއާރުސީއެމްއަށް އައްޔަން ކުރެއްވި ޝަފީގަކީ ލޯކަލް ގަވަމަންޓް އޮތޯރަޓީ (އެލްޖީއޭ)ގެ ސީއީއޯކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެޗްއާރުސީއެމްގެ ރައީސަކަށް މިހާރު ހުންނަވަނީ މަރިޔަމް މުނާ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ 2021 ވަނަ އަހަރު އެވެ.
އެޗްއާރުސީއެމްގެ ނައިބު ރައީސް ކަމަށް ޝަފީގަށް ރުހުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ