ކުޑަ 2 އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުންދަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގަ އެވެ.
ތަފްސީލް - މައުލޫމާތު ލިބޭ ގޮތުގައި، މި މައްސަލާގައި ތުހުމަތު ކުރަނީ ސިފައިންގެ މީހަކަށެވެ. އެ ގޮތުން:
ޖިންސީ ގޯނާކުރީ އެ ފިރިހެން މީހާގެ ލޯބިވެރިޔާގެ ދެ އަންހެން ދަރިންނަށް ކަމަށް މައުލޫމާތު ލިބޭ
ޖިންސީ ގޯނާގެ އިތުރުން، ޖިންސީ ގުޅުން ހިންގާ މަންޒަރު ދެއްކުމާއި ގްރޫމްކުރުމުގެ ތުހުމަތުކުރާ ކަމަށް ވެސް މައުލޫމާތު ލިބޭ
މި މައްސަލާގައި އަދި ތުހުމަތުކުރާ މީހާ ހައްޔަރުކޮށްފައެއް ނުވެ އެވެ. މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ - މިއީ މި ހަފުތާގެ ތެރޭގައި ތިލަވި ޖިންސީ ގޯނާކުރުމުގެ ތިންވަނަ މައްސަލަ އެވެ. މި މައްސަލައިގެ އިތުރުން ދެން ހިމެނެނީ:
މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު 24 އަހަރުގެ އަންހެނަކު ހޮސްޕިޓަލަށް ގެންދިޔައިރު ޖިންސީ ގޯނާކޮށްފައި ހުރިކަން އެނގުނު؛ އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައުލޫމާތު ފުލުހުން ހާމަކުރީ އަންހެނަކު ގޭންގު ރޭޕްކުރި ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުން ދަނިކޮށް
މާލޭގައި ކުޑަ ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާކޮށްގެން އޭނާގެ މަންމަ މި މަހުގެ 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވޭ؛ އެއީ 50 އަހަރުގެ ދިވެހި އަންހެނެއް
ކުޑަ 2 އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ؛ ތުހުމަތު ސިފައިންގެ މީހަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ