ސޯސަން ފިހާރައިގެ 40 އަހަރުގެ ކާމިޔާބީ ފާހަގަަކޮށް، އާ ލޯގޯ ދައްކާލައިފި ސޯސަން ފިހާރައިގެ 40 އަހަރުގެ ކާމިޔާބީ ފާހަގަަކޮށް، އާ ލޯގޯ ދައްކާލައިފި

ދިވެހިންގެ މެދުގައި އަދި ދިވެހި ވިޔަފާރިވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސޯސަން ފިހާރާއިގެ 40 އަހަރުވީ ކާމިޔާބީ ފާހަގޮށް، އެ ކުންފުނީގެ އާ ލޯގޯ ރޭ ދައްކާލައިފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސޯސަން ފިހާރައިގެ އާ ލޯގޯ އިފްތިތާހްކޮށްދެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދާއި، ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ އަބްދުލް ހަމީދާއި، މުހައްމަދު ވަހީދު (ލާމް) އަދި އަބްދުލް ހަމީދު މުހައްމަދެވެ.
ރޭގެ ރަސްމިއްޔާތުގައި ސޯސަން ކުންފުންޏަށް 10 އަހަރާއި، 15 އަހަރާއި އަދިވެސް އެއަށްވުރެން ގިނަ އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފައިވެ އެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މިހާރު 90 އަށް އަރަ އެވެ.
ދިގު މުއްދަތަކަށް އެ ކުންފުނީގައި މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލަ އާއި ސެޓްފިކެޓް ހަވާލުކުރިއިރު، ޕްރޮމޯޝަން ލިބުނު ބައެއް މުވައްޒަފުންނަށް ވަނީ އެކަމުގެ ލިޔުންތައް ހަވާލުކުރި އެވެ.
ސޯސަން ފިހާރައިގެ 40 އަހަރުގެ ކާމިޔާބީ ފާހަގަކުރުން -- ފޮޓޯ: އިބްރާހިމް ޝާފިއު އަހުމަދު / އަދަދު
ސޯސަން ފިހާރައަކީ މީގެ 40 އަހަރު ކުރިން އާދައިގެ ކުޑަ ފިހާރައެއްގެ ގޮތުގައި، ހަތަރު ޕާޓްނަރުން ވެގެން ހުޅުވި ތަނެކެވެ. އަމިއްލައަށް ބާޒާރުން ތަކެތި ގަނެގެން ވިއްކަން ފެށި އެ ފިހާރަ މިއަދު މިވަނީ ރާއްޖޭގެ ވިޔަފާރީގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަނަކަށްވެފަ އެވެ.
މިގޮތުން އެ ކުންފުނީގެ ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރީގައި ރާއްޖޭގައި މަގުބޫލުކަން ހޯދަމުން އަންނަ ބްރޭންޑްތަކާއި، ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ އާ އެތައް އުފެއްދުންތަކެއް އޮތަރައިޒްޑް ޑިސްޓްރިބިއުޓާގެ ގޮތުގައި ރާއްޖެއަށް ވަނީ ނެރެފަ އެވެ. އޭގެ ތެރޭގައި ޕަސްކުއަލް، ޝާން، ޕިލްސްބަރީ، ޕްރޮމިނާ އަދި ގުޑް ނައިޓް ފަދަ ބްރޭންޑުތައް ހިމެނެ އެވެ.
ސޯސަންގެ އައުޓްލެޓްތައް މާލެއާއި ހުޅުމާލޭގައި ވެސް ހިންގަމުން އަންނައިރު، މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށަށް ވެސް އެ ކުންފުނިން ދަނީ ހޯލްސޭލްކޮށް ޕްރޮޑަކްތްތައް ފޯރުކޮށްދެމުންނެވެ.
ފެންވަރު ރަނގަޅު ބްރޭންޑްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމުގައި 40 އަހަރުވީ ސޯސަން ފިހާރައަކީ 1989 ވަނަ އަހަރު ހުޅުވި ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި އެންމެ އިތުބާރު ހިފޭ އެއް ނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ