ޕަރީ އާއި ރާގަވްގެ ދަރިފުޅަށް ކިޔަނީ 'ނީރް'
ބޮލީވުޑް ބަތަލާ ޕަރިނީތީ ޗޯޕްރާގެ ދަރިފުޅުގެ ނަން އާއްމުކޮށްފިއެވެ. އަލަތު ދަރިފުޅު ލިބުނުތާ އެއް މަސް ފުރުނު ދުވަހާ ދިމާކޮށް ޕަރިނީތީ ދަރިފުޅުގެ ނަން އާއްމުކުރީ ދަރިފުޅުގެ މޫނު ނުފެންނަ ފޮޓޯތަކާ ވެސް އެކުއެވެ. ޕަރިނީތީ އާއި ރާގަވްގެ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުކުރި ފޮޓޯތަކާ އެކު ދަރިފުޅުގެ ނަމުގެ މާނަ ވެސް ވަނީ ލިޔެފައެވެ. އެގޮތުން ދަރިފުޅުގެ ނަން "ނީރް"ގެ ފަހަތުގައި ފޮރުވިފައިވާ މާނަ އަކީ ހުއްޓުމެއް ނެތް ސާފުތާހިރުކަން ކަމަށް ވަނީ ބުނެފައެވެ. ޕަރިނީތީ އާއި ރާގަވް އަލަތު ދަރިފުޅުގެ ފޮޓޯތައް އާއްމުކޮށްފައި މިވަނީ ދަރިފުޅުގެ ފޮޓޯއަކަށް ބަތަލާ ސަޕޯޓަރުން އިންތިޒާރުކުރަމުން އަންނަތާ އެތައް ދުވަހެއްވީ ފަހުންނެވެ. ޕަރިނީތީ އާއި ރާގްވް އަލަތު ދަރިފުޅާ އެކު--ފޮޓޯ/ފޭސްބުކް ބަލިވެއިނުމަށްފަހު ޕަރިނީތީ ވަނީ އަމިއްލަ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ބެލުންތެރިންނަށް ކޮންޓެންޓްތައް ވެސް ގެނެސްދޭން ފަށާފައެވެ. ވިހެއުމަށްފަހު ވެސް ބަތަލާ ވަނީ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ވީޑިއޯ ކޮންޓެންޓްތައް ބެލުންތެރިންނަށް ގެނެސްދީފައެވެ. ޕަރިނީތީ އާއި ރާގްވްގެ ކައިވެނި ކުރެވުނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ފަހުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ޕަރިނީތީ ބަލިވެއިންކަން އިއުލާނުކުރީ މި އަހަރުގެ އޮގަސްޓް މަހުއެވެ. ދަރިފުޅުގެ ނަން އިއުލާނުކޮށް ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކުރުމާ އެކު ބަތަލާގެ ސަޕޯޓަރުންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ އެ އާއިލާއަށް ތަހުނިޔާގެ މެސެޖު ފޮނުވާފައެވެ. ޕަރިނީތީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމު "އަމަރް ސިންގް ޗަމްކީލާ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ