ދޮޅު ލައްކައެއްހާ އާބާދީ އޮތް ގައުމެއް ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
އަންނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑްކަޕު ފުޓުބޯޅަ މުބާރާތަށް، އާބާދީގައި ދޮޅު ލައްކައެއްހާ މީހުން ދިރިއުޅޭ ކުޑަކުޑަ ކުރަކާއޯ ދަތުރުކޮށް ތާރީހުގެ ތެރެެއިން ޖާގަ ހޯދައިފިއެވެ. ކެރީބިއަން ކަނޑުގައި ދެކުނު އެމެރިކާގެ ވެނެޒުއޭލާއާ ޖެހިގެން އޮތް ކުޑަކުޑަ ގައުމު ކަމަށްވާ ކުރަކާއޯ ވެފައިވަނީ ވޯލްޑް ކަޕުގެ ތާރީހުގައި މުބާރާތަށް ކޮލިފައިވި އެންމެ ކުޑަ ގައުމަށެވެ. ދުނިޔޭގެ ނިސްބަތުން ކުދި ގައުމުތަކެއް މިހާތަނަށް ވޯލްޑްކަޕުގައި ވާދަކޮށްފައިވެއެވެ. އެގޮތުން 2018 ވަނަ އަހަރު އަހަރުގެ ވޯލްޑްކަޕުގައި އައިސްލެންޑް ވާދަކޮށްފައިވާއިރު، ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔައެވެ. އެއަށްފަހު މިފަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕަށް މިހާތަނަށް ކޮލިފައިވެފައިވާ ޓީމުތަކުގައި އައިސްލެންޑުގެ އެ ރިކޯޑު މުގުރާލެވޭ ޓީމުތަކެއް ހިމެނެއެވެ. އެގޮތުން އެންމެފަހުން ކޮލިފައިވި ކުރަކާއޯގެ އާބާދީއަކީ 155،900 އެއްހާ މީހުންނެވެ. އެއީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެެ. ފީފާ ވޯލްޑްކަޕް 2026 އަށް ކޮލިފައިވި ކުރަކާއޯ-- މީގެއިތުރުން މިފަހަރުގެ ވޯލްޑްކަޕަށް ދެން ކޮލިފައިވެފައިވާ ޖަޒީރާ ގައުމަކީ ކޭޕް ވާޑޭއެވެ. އާބާދީގައި 5 ލައްކައެއްހާ މީހުން ދިރިއުޅޭ ކޭޕް ވާޑޭވެސް ވަނީ ވޯލްޑްކަޕަށް ކޮލިފައިވެފައެވެ. ވޯލްޑްކަޕަށް ކުރަކާއޯ ދަތުރުކޮށްފައިވަނީ ޖެމެއިކާ ފަހަތަށް ޖައްސާލުމަށްފަހު އެވެ. ޖެމެއިކާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުގެ ގްރޫޕުގެ ކުރި ކުރަކާއޯއަށް ލިބުނީ އެއް ޕޮއިންޓްގެ ތަފާތުންނެވެ. އެގޮތުން ކުރަކާއޯއަށް 12 ޕޮއިންޓް ލިބުނުއިރު މެޗުން މޮޅުވެގެން އެއްވަނަ ލިބެން އޮތް ޖެމެއިކާ ދިޔައީ ދެވަނައަށެވެ. އެއީ ޖުމްލަ 11 ޕޮއިންޓާއެކު އެވެ. ދެން މި ގްރޫޕުގައި ހިމެނެނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯ އާއި ބާމިއުޑާ އެވެ. ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި އެ ކުރަކާއޯ އޮތީ 82 ވަނާގައެވެ. ކުރަކާއޯގެ ހުރިހާ ކުޅުންތެރިންވެސް ނިސްބަތްވަނީ ނެދަލެންޑްސް އަށެވެ. އަދި ގެންގުޅެނީވެސް ނެދަލެންޑްސް ޕާސްޕޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ