ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ނުވަތަ ޖެނެރޭޝަނަލް ބޭން އެއް ކަނޑައެޅުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
‘ޖެނަރޭޝަނަލް ބޭން’ގެ ދަށުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާކުރަން ކެބިނެޓުން ނިންމި ނިންމުން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓާއެކުއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ފާސްކުރުމަށް ނިންމު މުހިންމު ނިންމުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ. އަދި މިއީ މުސްތަގުބަލުގައި ދުޅަހެޔޮ، ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުޅަހެޔޮ ޖީލެއް އުފެއްދުމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާގެ ސަރަހައްދުގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ޤައުމެވެ.
ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ‘ރައްޔިތުންނާ އެކު’ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މާޗް 27، 2025ގައެވެ.ގާނޫނުގައި ހިމަނަން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޖަނަވަރީ އެކެއް، 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެއިން މީހަކަށް އެއްވެސް މީހަކު ދުންފަތުގެ ބާވަތެއް ވިއްކައިގެން ވެސް ނުވާނެ ކަމަށެވެ. ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން 2024 ވަނަ އަހަރު ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.
ގާނޫނުގައިވާ ގޮތުން ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ. ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާކުރާނެ އެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. ގެ ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެ އެވެ.
މީގެ އިތުރުން، ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނާއި އިސްލާހާއި އެކު 15 ނޮވެމްބަރުން ފެށިގެން ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރެވެ. އެ އުމުރު ކުރިން އޮތީ 18 އަހަރުން މައްޗަށެވެ.
މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް އެމީހާގެ އަތް ބުރިވެއްޖެ ކަސްޓަމަރ ސާވިސްގެ އުކުޅުތައް އިތުރަށް ފުރިހަމަކުރުމަށް ފުލުހުންނަށް ބޭއްވި ތަމްރީންތައް ނިންމާލައިފި ޝަމްއާން ހިމެނޭހެނެ 5 މީހަކަށް ދައުވާ ކުރަން ފޮނުވައިފި އައިޖީއެމްއެޗްގެ ފިރިހެން ނަރުހަކަށް ގ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ