ވެމްކޯ އިން ބުނީ އެ ކުންފުނީގެ އާމްދަނީ އާއި ހަރަދުތައް ހަމަޖައްސަމުން ދަނީ ކުނި މެނޭޖު ކުރުމާއި އެ ކުންފުނިން ދޭ މި ދާއިރާގެ ހިދުމަތުން ލިބޭ ފައިސާއިން ކަމަށާ ނަމަވެސް ކުންފުންޏަށް ގިނަ ތަންތަނުން ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށެވެ.
ކުނި މެނޭޖުކުރާ ކުންފުނި، ވެމްކޯގެ މުވައްޒަފުނަށް ޕެންޝަން ފައިސާ އެ ކުންފުނިން ދައްކަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ގިނަ އަދަދެއްގެ ދިވެހިން މަސައްކަތް ކުރާ ވެމްކޯގެ މުވައްޒަފުންނަށް ޕެންޝަން ފައިސާ ނުދައްކާ ކަމަށް ބައެއް ނޫސްތަކާއި ކާކުކަން ނޭނގޭ ގޮތަށް ފޮރުވިގެން ތިބެ ހިންގާ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ފަތުރާ ވާހަކަތަކާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ޕެންޝަލް ފައިސާ ޖަމާ ނުކުރާތާ އަށް މަސް ވެފައިވާ ކަމަށް ފަރުރަނީ ދޮގު ވާހަކައެއް ކަމަށެވެ. މިވަގުތު ޖެހިގެން އުޅޭ މައްސަލަ ހައްލު ކުރަން ޕެންޝަން އޮފީހާއެކު ގާތުން މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެގޮތުން އެއްވެސް މުވައްޒަފެއްގެ ހައްގަށް އުނިކަން ނާނާނެހެން އިންތިޒާމު ކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.
ވެމްކޯ އިން ބުނީ އެ ކުންފުނީގެ އާމްދަނީ އާއި ހަރަދުތައް ހަމަޖައްސަމުން ދަނީ ކުނި މެނޭޖު ކުރުމާއި އެ ކުންފުނިން ދޭ މި ދާއިރާގެ ހިދުމަތުން ލިބޭ ފައިސާއިން ކަމަށާ ނަމަވެސް ކުންފުންޏަށް ގިނަ ތަންތަނުން ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށެވެ. މިގޮތުން އެ ކުންފުނިން ވަނީ މާލެ ސިޓީ ކައުންސިލުން މިވަގުތުވެސް ވެމްކޯއަށް ދައްކަން ޖެހ ފައިސާގެ އަދަދު 66 މިލިއަން ރުފިޔާއަށް އަރާ ކަމަށް ބުނެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ވެމްކޯ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާ ނުކުރާ ވާހަކަ ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ