މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 20 ދުވަސް ޖަހައިފިއެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައުދު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
ރައުދުގެ ބަންދަށް ފުރަތަމަ ޖަހާފައި ވަނީ 5 ދުވަހެވެ. އަދި ރައުދުގެ ބަންދަށް ފުރަތަމަ ޖެހި 5 ދުވަހުގެ މުއްދަތު ހަމަވުމާއެކު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދު ކުރުމަށްފަހު އެ މުއްދަތު ހަމަވުމުން ކޯޓުން ވަނީ އިތުރު 5 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ދައްތަ ބުނެފައި ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ނޫން ކަމަށާއި، އެ ރޭ ރައުދު ހިމެނޭހެން ހަތަރު މީހަކު ފެންޓެނޯއީގޭގައި ތިބި ކަމަށެވެ.
އަމިއްލައަށް ފުންމާލީއެއް ނޫން، ރައުދުގެ އިތުރުންވެސް މީހުން ތިބި: ޔުމްނު މިރޭގެ މުޒާހަރާ ތެރެއިން ދެ ޒުވާނުން ހައްޔަރުކޮށްފި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، އިންޒާރުތަކަށްފަހު މިރޭގެ މުޒާހަރާ ރޫޅާލައިފި ޔުމްނުގެ އެންމެ ނުރައްކާތެރި އޮޕަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ