ފުވައްމުލަކު ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަން ހުރި ޒުވާނެއް ކުއްލިގޮތަކަށް ނިޔާވެއްޖެ

ފުވައްމުލަކުގައި ހިނގަމުންދާ ކޮންސްޓްރަކްޝަން މަސައްކަތެއްގައި ޙަރަކާތްތެރިވަމުން ދިޔަ 27 އަހަރުގެ ފިރިހެނަކު މިއަދު މެންދުރު ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ފުލުހުންގެ ބުނެފައިވާ ގޮތުން، މި ހާދިސާ ހިނގި ކަމަށް ރިޕޯޓްކުރީ މިއަދު މެންދުރު 12:11 ހާއިރުއެވެ.
ނިޔާވި ފަރާތަކީ ރ. އަލިފުށީ، އަބަދަށްހިޔާގޭ ޢަބްދުالله ރިޝްދާން (27 އަހަރު) އެވެ.
Advertisement
ފުލުހުންގެ އިތުރަށް ބުނެފައިވާ ގޮތުން، ރިޝްދާން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ ނިޔާވެފައެވެ.
އަދި އޭނާ ހޮސްޕިޓަލަށް ގެންދެވުނީ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތް ކުރަމުންދަނިކޮށް ކުއްލިއަކަށް ވެއްޓުނު ފަހުން ކަމަށާ، ރިޝްދާންގެ މޫނުމައްޗަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް މި އަނިޔާ ލިބުނު ގޮތާއި، މަރުގެ ސަބަބު ހާމަކޮށްފައެއް ނުވެއެވެ. 
ފުލުހުންގެ ދަނީ މި މައްސަލައިގެ ތަޙްޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ