ފުރާޅު މައްޗަށް ވެއްޓުުނު އަންހެން މީހާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި: އައިޖީއެމްއެޗް

މާލޭގައި ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަންހެެން މީހާއަށް މިވަގުތު ފަރުވާ ދެމުން ދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށާއި އޭނާގެ ހާލަތު މިވަގުތު ސީރިއަސް ކަމަށެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވަނީ އިއްޔެެ ހެނދުނު 7:23 ހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު ކަމަށް ފުލުހުން ބުނެއެވެ.
އެއީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މީހާ ވެއްޓިފައި ވަނީ ކައިރީ ހެިގެން ހުރި އިމާރާތުގެ މަތިން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހާ ވެއްޓުނު ގޭގެ ފުރާޅުގަނޑު ވަރަށް ބޮޑަށް ބަނޑިވެފައިވާ އިރު، އެ އަންހެން މީހާއަށް ވަރަށް ބޮޑަށް އަނިޔާވާނެ ކަމަށް އެ ސަރަަހައްދުގައި ހަރަކާތްތެރިވި މީހުން ބުނެއެވެ. ނަމަވެސް އަދި އެމީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ