މާލެ ސިޓީ ކައުންސިލަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 100،000ރ. ދެއްވައިފި އެވެ.
ރައީސް މުއިއްޒުގެ ފަރާތުން 100،000ރ. ގެ ފައިސާގެ އިނާމު ދެއްވީ މާލެ މުނިސިޕަލްޓީ އޮތް ޒަމާނުން ފެށިގެން ހިދުމަތް ކުރަމުން އަންނަ އަބްދުالله ރަމީޒް އާއި އާބިދާ އާދަމް އަށެވެ. އޭގެ ތެރެއިން ރަމީޒް 43 އަހަރު ހިދުމަތް ކުރިއިރު، އާބިދާ ހިދުމަތް ކުރާތާ 41 އަހަރު ވެއްޖެ އެވެ.
އެ ދެ މީހުންނަށް ވެސް ރައީސްގެ ފަރާތުން ފައިސާގެ އިނާމު ދިނީ ރޭ ފާހަގަކުރި މާލެ ސިޓީ ކައުންސިލުގެ ސްޓާފް ނައިޓުގަ އެވެ. އެ ދެ މީހުންގެ އިތުރުން ވެސް މާލެ ސިޓީ ކައުންސިލުގައި މަސައްކަތް ކުރާ އެކި މީހުންނަށް އިނާމާއި ހަނދާނީ ސެޓުފިކެޓު ދިނުން ރޭ އޮތެވެ. ނަމަވެސް ރައީސްގެ ފަރާތުން އިނާމު ދެއްވީ އެންމެ ގިނަ ދުވަސްވީ ދެ މީހުންނަށް އެކަންޏެވެ.
މިއީ ރައީސަކު ކައުންސިލެއްގައި މަސައްކަތް ކުރެއްވި ބައެއްގެ އަގު ވަޒަން ކުރައްވައި ބޮޑު ފައިސާގެ އިނާމެއް ދެއްވި ފުރަތަމަ ފަހަރެވެ. މާލެއަކީ މުނިސިޕަލް ހިދުމަތްތައް ވަކި އޮފީހެއް ގާއިމުކޮށްގެން ދެމުންދާތާ އެންމެ ގިނަދުވަސްވީ ރަށް ވެސްމެ އެވެ.
މާލެ ސިޓީ ކައުންސިލަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ދެ މީހުންނަށް ރައީސް މުއިއްޒު ފައިސާގެ އިނާމު ދެއްވިއިރު، އެއީ އަމިއްލަގޮތުން ދެއްވި ފައިސާއެއް ކަމެއް ނުވަތަ ކޮން ގޮތަކުން ދެއްވި ފައިސާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
މާލެ ސިޓީ ކައުންސިލަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ދެ މީހުންނަށް ރައީސް މުއިއްޒު 100،000ރ. ދެއްވައިފި މާލެ ސިޓީ ކައުންސިލަށް އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ދެ މީހުންނަށް ރައީސް މުއިއްޒު 100،000ރ. ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ