އެމްޑަބްލިއުއެސްސީގެ އެކުވެރި ރޯދަ ޕްރޮމޯޝަނުން އުމްރާ ދަތުރު ލިބޭ 3 ނަސީބުވެރިން ހޮވައިފި

މި އަހަރު, މާލޭ ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އަށް 30 އަހަރު ފުރުނުއިރު، އެ މުނާސަބަތާއި ރަމަޟާންމަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ "އެކުވެރި ރޯދަ 30: އުމްރާ 3 ދަތުރު" ޕްރޮމޯޝަންގެ ތިން ނަސީބުވެރިން ހޮވައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ މާރިޗު 1، 2025އިން ފެށިގެން މާރިޗު 31، 2025ގެ ނިޔަލަށެވެ. މި ޕްރޮމޯޝަނަކީ އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ބިލު ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން މީހަކަށް ދީފައިވާ އުމްރާ ދަތުރުތަކެކެވެ. އެގޮތުން ގުރުއަތުން ހޮވިފައިވާ ތިން ނަސީބުވެރިންނަކީ: ޝަމްރޫޒް އިބްރާހީމް، ދަފްތަރު ނަންބަރު: ދރ 1672 މުހައްމަދު ސަރާހް، އުދަރެސް، ތ. ތިމަރަފުށި އަލީ ނާޒިމް، ގ. ރަންދެލިގެ، ކ. މާލެ އެމްޑަބްލިއުއެސްސީގެ އެކުވެރި ރޯދަ ޕްރޮމޯޝަނުން އުމްރާ ދަތުރު ލިބޭ 3 ނަސީބުވެރިން ހޮވުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ/ މާނިއު މުހައްމަދު އިއްޔެ އެމްޑަބްލިއުއެސްސީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ތިން މީހުންނަށް ވަނީ އުމްރާ ދަތުރު ލިބުނުކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދާއި، ބޯޑުގެ މެންބަރުންނެވެ. އުމްރާ ދަތުރު ލިބުނު މީހުން، އެ ދަތުރު ބޭނުން ނުކުރާނަމަ އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް އުމްރާ ދަތުރު ފައިސާއަށް ބަދަލުނުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި މެނޭޖްމަންޓުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެމްޑަބްލިއުއެސްސީން ބުނީ އެ ޕްރޮމޯޝަނުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ ޑޮމެސްޓިކް ކަސްޓަމަރުން ބައިވެރިވެ، ރަނގަޅު ތަރުހީބެއް ލިބުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ