މާލެ އަތޮޅު ރިސޯޓެއް ކައިރިން ފެނުނު ކިނބުލެއް އެމްއެންޑީއެފް އިން ހިފައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ވަރު-ބައި އެޓްމޮސްފިއާ ރިސޯޓު ކައިރިން ފެނުނު އެ ކިނބޫ ހިފައި، ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"މާލެ އަތޮޅު ވަރު-ބައި އެޓޮމޮސްފެއާ ކައިރިން ފެނުނު ކިނބޫ މިހާރު ވަނީ ހިފައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައި،" އެމްއެންޑީއެފް އިން ބުންޏެވެ.
ނަމަވެސް އެ ކިނބޫގެ ސައިޒުގެ އިތުރުން އެ ކިނބޫ ގެންދިޔަ ތަނެއް އެމްއެންޑީއެފް އިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ކިނބުލަކީ ސައިޒުގެ ގޮތުން ވަރަށް ބޮޑު ކިނބުލެކެވެ.
ރާއްޖެއިން މަދުން ނަމަވެސް ކިނބޫ ފެނެ އެވެ. އެގޮތުން އެމްއެންޑީއެފް އިން ކޮންމެ ފަހަރަކު ކިނބޫ ހިފައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނެ އެވެ.
ރިސޯޓެއް ކައިރިން ފެނުނު ކިނބުލެއް އެމްއެންޑީއެފް އިން ހިފައިފި ރިސޯޓެއް ކައިރިން ފެނުނު ކިނބުލެއް އެމްއެންޑީއެފް އިން ހިފައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ