ސެއިޚް ފަރީދުގެ ހަނދާނުގައި މިސްކިތް ބިނާކުރަން ބޭނުންވާ ފައިސާ ހަމަވެއްޖެ

އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަން ބޭނުންވާ ފައިސާ ހަމަވެއްޖެ ކަމަށް ހިދުމަތް ޖަމިއްޔާ އިން މިއަދު ހާމަކޮށްފިއެވެ.
މި މިސްކިތް ބިނާ ކުރަނީ މަރްޙޫމް ފަރީދު ނިސްބަތްވެވަޑައިގަންނަވާ ޖަމިއްޔާކަމަށްވާ ޚިދުމަތް ޖަމިއްޔާއިންނެވެ. އެ ޖަމިއްޔާއިން މިއަދު މެންދުރެއްހާ އިރު ބުނެފައިވަނީ އެކަމަށް ބޭނުންވާ 7 ލައްކަ ދިވެހި ރުފިޔާ މިހާރު ހަމަވެފައިވާ ކަމަށެވެ. އެ ޖަމިއްޔާއިން މިކަން ޢިއުލާން ހަވީރު 16:13 ހާއިރުއެވެ.
ޚިދުމަތް ޖަމިއްޔާއިން ހާމަކުރި ގޮތުގައި މި މިސްކިތް އަޅަން ނިންމާފައި ވަނީ ބަންގްލަދޭޝްގައި 250 ސްކައެއަރ މީޓަރގެ ބިމެއްގައެވެ. 455 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކޮށް ނިންމުމަށް 760،000 ރުފިޔާ ޚަރަދުވާނެކަމަށް އެ ޖަމިއްޔާއިން ވަނީ އަންދާޒާކޮށްފައެވެ.
ސެއިޚް ފަރީދު އަވަހާރަވީ މިދިޔަ ހޯމަ ދުވަހު (9 ޖޫން 2025) މެލޭޝިޔާ އަށް ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަތް ވަގުތު ވެއްޓިވަޑައިގެން، ފަރުވާ ދެމުންދަނިކޮށް އޭގެ ފަހުން މާގިނަ އިރެއް ނުވަނީހެވެ.
އަލްމަރްހޫމް ފަރީދު ވަނީ މެލޭޝިޔާގައި މިއަދު ފަސްދާނުލާފައެވެ. މަރްޙޫމް ފަސްދާނުލެވުނީ މިއަދު މެންދުރުނަމާދަށްފަހު މެލޭޝިޔާގެ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ. ސެއިޚްގެ ކުރެވުނު ކަށުނަމާދު އޮތީ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ