ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޑޮލަރު ލިމިޓް 750އަށް ބަދަލުކޮށްފި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނަގައި، ޕޭމަންޓް ހެދޭނެ ގޮތަށް ބީއެމްއިލްއިން މިއަދު ލިމިޓް އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ބީއެމްއެލްއިން ވަނީ ބޭރުގައި ތިބޭ ދިވެހިންގެ ލިމިޓް 250 ޑޮލަރުން 125 ޑޮލަރަށް ލިމިޓް ކުޑަކޮށް، އޭޓީއެމްއިން ފައިސާ ނެގުމުން 10 ޑޮލަރު ޗާޖު ކުރާ ގޮތަށް ހަދާފަ އެވެ. އެެއާއެކު ބޭރުގައި ތިބި ދިވެހިން މިކަމާ ގުޅިގެން ކަންބޮޑުވުން ވަނީ ފާޅުކުރަމުން އަންނަ އިރު، އެ ލިމިޓް އިތުރަށް ބޮޑު ކުރަން ނިންމި ކަން އެ ބޭންކުން ވަނީ  އިއުލާންކޮށްފަ އެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްއިން އެކްސްގައި ދެންމެ ކުރި ޕޯސްޓެއްގައި ބުނީ:
ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޕީއެސްއޯ މެޝިންތަކުން ޓްރާންސެކްޝަން ހަދައި، އެ ގައުމެއްގައި ހުންނަ އޭޓީއެއިމް އެ އަދަދަށް ފައިސާ ނެގޭނެ ކަމަށް
މި ލިމިޓް ހޯދުމަށްޓަކައި ބީއެމްއެލްގެ ފޮރިން ލިމިޓް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާން ޖެހޭ
ރަޖިސްޓްރީ ހަދާއިރު، މި ލިމިޓް ހަމަޖައްސަން ބޭނުންވާ ރުފިޔާ ޑެބިޓް ކާޑު އިހްތިޔާރު ކުރަން ޖެހޭ
މި ގެނައި އައި ބަދަލާއެކު އިއްޔެ ނިންމުުގައިވާ10 ޑޮލަރު ކޮންމެ ޓްރާންސެކްޝަނަކަށް ނަގާ ގޮތް އޮތް އޮތުން ބަދަލުވިކަން އަދި ސާފެއް ނޫނެވެ. ބީއެމްއެލްގެ ޕޯސްޓުގައި އެކަން ސާފުކޮށްދީފައި ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ