ދައުލަތަށް ލިބެންޖެހޭ ފައިސާ ނުހޯދެނީ، އިޚުލާސްތެރިކަން ނެތުމުން: ސައުދުﷲ
ދައުލަތަށް ލިބެންޖެހޭ ފައިސާ ނުހޯދެނީ އެ ފައިސާ ހޯދުމުގައި މަސައްކަތްކުރާ މީހުންގެ އިޚުލާސްތެރިކަން ނެތުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ މިރޭ ވިދާޅުވެއްޖެއެވެ. ކޮންމެ ސަރުކާރެއްގައި ވެސް އެކި ސަބަބުތަކާ ހުރެ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުން އެތައް ފައިސާއެއް ގެއްލެއެވެ. އަދި، އެ ފައިސާ ހޯދުމަށް އެކި ސަރުކާރުތަކުގައި މަސައްކަތްތައް ކުރެއެވެ. އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި ސައުދުﷲ ވަނީ، ދައުލަތުން ގެއްލިފައި ހުރި ފައިސާއާއި އެ ފައިސާ ހޯދަން ސަރުކާރުތަކުން ކުރާ މަސައްކަތާ ގުޅުވައި ވާހަކަ ވާހަކަދައްކަވާފައެވެ. ނިމުނު އެމްޑީޕީ ސަރުކާރުގައި 10 ވަރަކަށް ބިލިއަން ގެއްލިފައި ހުރިކަން ފާހަގަކުރައްވައި، ސައުދުﷲ ވަނީ އެގޮތަށް ގެއްލިފައި ހުރި ފައިސާތައް އަނބުރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އެހެން އެކަން ނުވާކަމަށް ވެއްޖެއްޔާ ދެން އަންނަ ކޮންމެ ބަޔަކު ވެސް ކަންތައް ކުރާނީ އެގޮތަށް. ކޮންމެ މުއައްސަސާއަކާ ހަވާލުވާ މީހަކު ވެސް ބަލާނީ އަތުޖެހުނު ގޮތަކަށް އެ ފައިސާ ބޭނުންކޮށްފައި ދާން. އޭރުން އޭނައަށް އިންސާފާ ކުރިމަތިލާކަށް ނުޖެހޭ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ސައުދުއްﷲ ވިދާޅުވީ، ދައުލަތުން ގެއްލިފައި ހުރި ފައިސާ ކުންފުނިތަކުގެ މިލްކިއްޔާތު ވިއްކައިގެން ވިޔަސް ހޯދެން ޖެހޭ ކަމަށެވެ. މިފަދައިން ގެއްލިފައިވާ ފައިސާ ހޯދަން ވައުދުވެ ވެރިކަމަށް އަންނަ ސަރުކާރުތަކަށް މި ފައިސާ ނުހޯދެނީ އެކަމުގައި އިޚުލާސްތެރިކަމެއް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފައިސާ ގެއްލުމާއެކު އެ ފައިސާ ހޯދުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިފަދަ ކަންކަމުގެ މަރުހަލާ ދިގުވާނަމަ، އެ ދައިސާ ނުލިބުމުގެ ފުރުސަތު ބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ. އެ ފައިސާތައް ހޯދި މީހުން ނުވަތަ ލިބިގަތް މީހުންނާއި އެކަން ބަލަން ތިބޭ މީހުންނާ ގާތްކަމެއް އުފެދިގެން އެކަހަލަ ކަންތައްތަކުގެ ތެރެއިން ފައިސާ ނުހޯދޭ ކަމަށް ގިނަ މީހުން ގަބޫލުކުރަނީ. ފައިސާ ހޯދުމުގެ އިޚުލާސްތެރިކަމެއް އޮތްނަމަ އެކަން ކުރެވޭނެ. ރާއްޖޭގެ ގާނޫނުތަކުގައި އެބަ ހުރި އެކަން ކުރެވެން. އެކަމަކު، އެކަންކަން ކުރުމުގެ އިޚުލާސްތެރިކަން ނެތީމައި އެކަން ނުވަނީ https://sun.mv/194777 ދައުލަތުން ގެއްލިފައި ހުރި ފައިސާ ނުހޯދެނީ އިޚުލާސްތެރިކަމެއް ނެތުމުން ކަމަށް ވިދާޅުވިއިރު، މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ދައުލަތަށް ލިބެން ޖެހޭ 13 ބިލިއަން ރުފިޔާ ނުލިބި ވާކަމަށެވެ. އަދި، އެފައިސާ ހޯއްދަވާނެ ކަމަށް އެމަނިކުފާނު އެރޭ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ