ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާ ހަމައަށް ފައިސާ ނެގޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ.
ބީއެމްއެލްއިން އިއްޔެ ނިންމީ ބޭރުގެ އޭޓީއެމްތަކުން ނަގުދު ފައިސާއިން ނެގޭ އަދަދު 125 ޑޮލަރަށް ކުޑަކޮށް، އޭޓީއެމް ޗާޖަށް 10 ޑޮލަރު މިއަދުން ފެށިގެން ނަގާނެ ކަމަށެވެ.
ނަމަވެސް ބީއެމްއެލްއިން މިއަދު ބުނީ އެ ބޭންކުގެ ވެބްސައިޓުގެ ފޮރިން ލިމިޓް ޕޯޓަލް 750 ޑޮލަރުގެ ލިމިޓަށް ރަޖިސްޓްރީކޮށް، ބޭނުންވާ ރުފިޔާ ޑެބިޓްކާޑު ފަސޭހައިން ސެލެކްޓް ކުރެވޭނެ ކަމަށެވެ.
"މި 750 ޑޮލަރުގެ ލިމިޓާ ހަމައަށް ޕީއޯއެސް މެޝިންތަކުން ޓްރާންސެކްޝަން ހެދޭނެ އަދި ދިރިއުޅޭ ގައުމުގައި ހުންނަ އޭޓީއެމްތަކުން ފައިސާ ނެގޭނެ،" ބީއެމްއެލްއިން މިއަދު ބުންޏެވެ.
ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު މިއަދުން ފެށިގެން 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ.
އެކަމަކު ކާޑުތަކުގެ ޑޮލަރު ލިމިޓު ކުރި އިރު ބީއެމްއެލްއިން ވަނީ، ވިޔަފާރީގެ ބޭނުންމަށް މުދާ ގެންނަ ބައެއް ސައިޓުތަކަށް ފައިސާ ދައްކާއިރު 30 ޕަސެންޓުގެ ފީއެއް ނަގަން ނިންމާފަ އެވެ. މި ސައިޓުތަކުގެ ތެރޭގައި ހިމެނެނީ، މި ވަގުތަށް، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ.
ބީއެމްއެލްއިން ބުނީ މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަމަށެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ވެސް އިސްތިސްނާ ވާނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލްއިން މި ބަދަލުތައް ގެނައިއިރު، ބޭންކަށް ލިބޭ ގިނަ އަދަދެއްގެ ޑޮލަރުތަކެއް މިހެން ހުންނަ ބޭރުގެ މަދު ސައިޓުތަކަކަށް ދައްކަން ޖެހުމަކީ ޑޮލަރު ތާށިކަމަށް ބާރުދޭ ކަމެއްގެ ގޮތުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.
ނަމަވެސް ރައްޔިތުން އަންނަނީ ބީއެމްއެލްގެ ނިންމުންތަކާ ގުޅިގެން ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ. ހާއްސަކޮށް އޮންލައިން ޝޮޕިން ކުރެވޭ ޕްލެޓްފޯމްތަކުން 30 ޕަސަންޓުގެ ފީއެއް ނަގާތީ އެކަމާ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ފާޑުކިޔުންތަކާއެކު ބޭރުގައި އުޅޭ ދިވެހިންނަށް ޑޮލަރު ނެގޭ ލިމިޓް ބީއެމްއެލްއިން 750 ޑޮލަރަށް ބޮޑުކޮށްފި ފާޑުކިޔުންތަކާއެކު ބޭރުގައި އުޅޭ ދިވެހިންނަށް ޑޮލަރު ނެގޭ ލިމިޓް ބީއެމްއެލްއިން 750 ޑޮލަރަށް ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ