ރަމާޟާންމަހުގެ އިޙްޔާ ޕްރޮގްރާމް މާދާމާރޭ ފަށަނީ

ރަމަޟާން މަހުގެ
ރޭތައް އިޙްޔާކުރުމަށް ރާއްޖޭގައި ޒަމާނުއްސުރެ ކުރިއަށްގެންދާ އިޙްޔާ ޕްރޮގްރާމް
މާދަމާރޭ ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އިސްލާމިކް
މިނިސްޓްރީ އިން ބުނެފައިވަނީ މިއަހަރުގެ އިޙްޔާ ޕްރޮގްރާމްގެ ދަށުން ޖުމްލަ 17
ޕްރޮގްރާމެއް އޮންނާނެ ކަމަށެވެ. އޭގެ ތެރޭގައި މާލޭގައި ބާއްވާ 9 ޕްރޮގްރާމަކާއި
އަތޮޅުތެރޭގައި ބާއްވާ 8 ޕްރޮގްރާމެކެވެ.
މިއަހަރު
މާލޭގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހިންގާ އިޙްޔާ ޕްރޮގްރާމްގެ މައުޟޫއެއް
ކަމަށް ކަނޑައަޅައިފައިވަނީ "ހެޔޮ ބަދަލަކަށް ރަމަޟާން" އެވެ. މާދަމާރޭ
އިޙްޔާ ޕްރޮގްރާމް ފަށާއިރު މާދާމާރޭގެ ޕްރޮގްރާމްގައި ދީނީ ތަޤްރީރް ދެއްވާނީ
އިސްލާމިކް މިނިސްޓަރ ޑރ އަޙުމަދު ޒާހިރު އާއި އައްޝައިޙް ހަސަން ލަޠީފެވެ.
Advertisement
އަތޮޅުތެރޭގައި
ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ތަކުގެ ތެރެއިން ފުރަތަމަ ޕްރޮގްރާމް އޮންނާނީ
އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ބާއްވާ އިޙްޔާ ޕްރޮގްރާމް އޮންނީ ހުކުރު
ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލްގެ ހޯލުގައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން
ހާމަކޮށްފައިވެއެވެ.
އައްޑޫގައި
އޮންނަ އިޙްޔާ ފޯރަމްގައި ތަޤްރީރް ދެއްވާނީ "ލޮބުވެތި ނަބިއްޔާ صلي الله عليه وسلم ގެ ޙަޔާތްޕުޅުން" މި މައުޟޫއަށެވެ.
ތަޤްރީރު ދެއްވާނީ އަލްއުސްތާޒް މުޙައްމަދު އަނީލް އާއި ޑރ ޢަލީ ޒާހިރުއެވެ.
އިޙްޔާ
ޕްރޮގްރާމްތައް މާލޭގައި ކުރިއަށްދާނީ ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގެ
ރޭ 21:30 ގައެވެ. އަދި އަތޮޅުތެރޭގައި ހުކުރު އަދި ހޮނިހިރު ދުވަހުގެރޭ 21:30
ގައެވެ. މާލޭގައި ކުރިއަށްދާ އިޙްޔާ ޕްރޮގްރާމްތައް ކުރިއަށް ދާނީ އިސްލާމީ މަރިކަޒުގެ
ޖަލްސާކުރާ ހޯލްގައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ