ބޭބެ މަރާލުމުގެ ތުހުމަތު އޮތް ކޮއްކޮ ހައްޔަރު ކޮށްފި

ދެކުނުގެ އައްޑޫ ސިޓީގައި އައި މި ހާދިސާއަކީ އުމުރުން 25 އަހަރުގެ ހުސެއިން މަވާޒް އޭނާގެ ބޭބެ އަހުމަދު ޝުއައިބަށް ވަޅިން ހަމަލާ ދީގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ހާދިސާއެކެވެ.
ރޭ އައްޑު އަތޮޅު މަރަދޫފޭދޫގައި ވަޅި ހަރައި މަރާލި އެ ރަށު ބްލޫސްޓާ / އަހުމަދު ޝުއައިބުގެ މަރުގެ މައްސަލާގައި އޭނާގެ ކޮއްކޮ އުމުރުން 25 އަހަރުގެ ހުސެއިން މަވާޒް ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ޝުއައިބުގެ މަރުގެ ތުހުމަތުގައި 25 އަހަރުގެ ފިިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.މަރަދޫފޭދޫ ގެއެއްގެ ދޮރިމަތީގައި ތޫނު އެއްޗަކުން މީހަކަށް ރޭ ހަމަލާ ދީފައިވަނީ 11:23 އެހާކަންހާއިރު އެވެ. ޝުއައިބުގެ ހަށިގަނޑިގެ ގިނަ ތަންތަނަށް ކަތުރަކުން ހަމަލާދީފައިވާ ކަމަށެވެ. އަތޮޅުގެ ވެރިރަށް ހިތަދޫގައި ހުންނަ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ އެވެ.
ބޭބެގެ ގަޔަށް ކަތުރު ހަރައި ރޭ ދިން ހަމަލާތަކެއްގައި ވަރަށް ފުން ޒަހަމްތައް އޭނާގެ ހަށިގަނޑު ގިނަ ތަންތަނަށް ދީފައިވާއިރު މެއަށް ވެސް ކަތުރު ޖަހާފައި ވެއެވެ.
އެއީ ވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނެކެވެ. ބަޔަކު އޭނާއަށް ވަޅީން ހަމަލާދިނީ މުރަނގަ މަގުގައި ހުންނަ ކޮސްމެޓިކް ފިހާރާ، "ކްރާސާ" ގެ ތެރޭގައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ