ބައްދަލުކުރެވުމުން، ރައީސް ޔާމީން މިނިވަންކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރެވޭނެ: ރައީސް ނަޝީދު

ވ. އާރަށް މައްސަލާގައި ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމާ ބައްދަލުކުރެވުމުން އެ މަނިކުފާނު މިނިވަންކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން ނިޒާމު ބަދަލު ކުރުމުގެ ވޯޓު ނެގުމަށް ޕީޕީއެމްގެ ތާއީދު ހޯދުމަށާއި، ޕީޕީއެމްއާ ކޯލިޝަން ހަދައިގެން ބަރުލަމާނީ ނިޒާމަކަށް ބަދަލުވޭތޯ ޕީޕީއެމްގެ ތާއީދު ހޯދުމަށް މީގެ ކުރިންވެސް ނަޝީދު ވަނީ ޔާމިނާ ބައްދަލު ކުރެއްވުމަށް އެދި ސިޓީ ފޮނުއްވާފައެވެ.  ނަމަވެސް ޔާމީން ވަނީ ނަޝީދާ ބައްދަލުކުރައްވަން ދެކޮޅު ހައްދަވައިފިއެވެ.
އެފަހުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ ވޯޓާ ގުޅޭ ބަހުސްގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅަށްފަހު ރައީސް ނަޝީދު ވަނީ، މީގެ ކުރިން ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ސިޓީއަކުން ދަންނަވާފައިވާނެ ކަން ފާހަގަކުރައްވާފައެވެ. 
Advertisement
ނަމަވެސް އެކަމަށް އެއްބަސްވެވަޑައިނުގެންނެވުމުން އަނެއްކާވެސް ބައްދަލު ކުރެއްވުމަށް އެދި ސިޓީ ފޮނުއްްވާފައިވާނެ ކަމަށާ، މިފަހަރު ރައީސް ޔާމީނާ ބައްދަލުކުރެއްވުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ބައްދަލުވުމުން އެމަނިކުފާނު މިނިވަން ކުރުމަށް ދެން ކުރެވެން ހުރި ކަންކަން ވެސް ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 
"އަޅުގަނޑުވާނީ ރައީސް ޔާމީން އާއި ބައްދަލުކުރުމަށް އެދި އިއްޔެ ސިޓީ ފޮނުއްވާފައި، އުންމީދު ކުރައްވަނީ އެ ފުރުސަތު އަދިވެސް ލިބިގެންދާނެ ކަމަށް. ދެން ބައްދަލުވީމައި އަޅުގަނޑު ދެކޭ ގޮތުގައި ގެއަށް އެނބުރި ވަޑައިގަތުމާ ގުޅޭގޮތުން ދެން އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ވެސް ކުރެވޭނެ،" 
ރައީސް މުހައްމަދު ނަޝީދު 
ރައީސް ޔާމީނަކީ ފެށުނީއްސުރެ ވެސް ބަރުލަމާނީ ނިޒާމަަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އެގޮތުން، މީގެ ކުރިން، 2007 ވަނަ އަހަރު، ނިޒާމީ ވޯޓު ނެގި އިރުވެސް އެމަނިކުފާނުގެ އޭރުގެ ޕާޓީ ޕީޕަލްސް އެލަޔަންސް (ޕީއޭ)އިން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ.
މިފަހުންވެސް ނިޒާމާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން އެމަނިކުފާނު ތާއީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް، މަނިކުފާނު ވިދާޅުވި ގޮތުގައި އެ ނިޒާމު ރަނގަޅު ނަމަވެސް މި ވަގުތު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ފިޓެއް ނުވާނެއެވެ. އެހެންވެ، ނިޒާމު ބަދަލުކުރަން މިހާރު އެއްބަސްވެނުލައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ