އުރީދޫގެ 15 ވަނަ އުމްރާ ދަތުރު ހަވާލުކޮށްފި

އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 15ވަނަ ނަސީބުވެރި ފަރާތަށް އުމްރާ ދަތުރު ހަވާލުކޮށްފި އެވެ.އަލީ ރިޒާ އަށް މި ލަކީ ޑްރޯގައި ލިބިފައި ވަނީ އުމްރާ ދަތުރެކެވެ. އަލީގެ ބަދަލުގައި މި އިނާމާ ހަވާލުވީ ރައީނެވެ.އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.އަހަރީ ދުވަހުގެ ކެމްޕެއިންގެ 15ވަނަ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ ބ. ކެންދޫ އަލީ ރިޒާއެވެ. އޭނާއަށް މި ލަކީ ޑްރޯ ގައި ލިބިފައި ވަނީ އުމްރާ ދަތުރެކެވެ.މި ހާއްސަ ޕްރޮމޯޝަންގެ ދަށުން:• ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ.• ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.• މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2މީހަކަށް ހައްޖު ދަތުރެކެވެ.މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް:އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުންއުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުންޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުންލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ