ކުރިއަށް ރޯދަ މަހު އަންނާނީ ވަކި ބިލެއް ކަމަށާއި އެ ބިލް، 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ވީ ކިހިނެއް؟- އެ ކުންފުނިން މިއަދު ބުނިގޮތުގައި ރޯދަ މަހުގެ ކަރަންޓު ބިލް، 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
އެއާއެކު، އެ މަހަށް ހާއްސަކޮށްގެން ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.
ސްޓެލްކޯއިން ބުނީ:
ރީޑިން ނަގާނީ މި މަހުގެ 16 އާއި17 ވަނަ ދުވަހުގައި ކަމަށް
ރަށްރަށުގައި ރީޑިން ނަގާނީ 17 ވަނަ ދުވަހުގައި ކަމަށް
ސްޓެލްކޯއިން ވަނީ މީޓަރު ނެގުމަށް އެ ކުންފުނީގެ މުވައްޒަފުން ދާއިރު އެކަން ފަސޭހަކޮށްދިނުމަށް އެދިފަ އެވެ.
ރޯދަޔަށް އަންނާނީ ވަކި ބިލެއް، 400ރ. އަށް ވުރެ ބޮޑެއް ނުވާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ