ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން އިއްޔެ ބޭއްވި އެމްއެންޔޫ މެރަތަން 2026ގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ބައިވެރިވެ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައިފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގައި ބޭއްވި މި ދުވުމަކީ ދުޅަހެޔޮކަމާއި ކަސްރަތާ އަދި މުޖުތަމައުގެ އެއްބައިވަންތަކަން އިތުރުކުރުމަށް ބޭއްވި ހަރަކާތެކެވެ.
ޖުމްލަ 1،500އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވި މި ދުވުމުގައި، ބީބީއެމް އިން ވަނީ ދިގު މުއްދަތުގެ ސްޕޮންސަޝިޕް އެއްބަސްވުމެއްގެ ދަށުން ހަރަކާތްތެރި ދައުރެއް އަދާކޮށްފަ އެވެ.
ތަފްސީލް - މި މެރަތަންގެ ތެރެއިން ބީބީއެމް އިން ވަނީ އެ ކުންފުނިން ރާއްޖެއަށް އެތެރެކުރާ މަގުބޫލު ބްރޭންޑްތަކުގެ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން:
ޔުނިލީވާގެ 'ވެސެލިން' ބްރޭންޑާ ގުޅިގެން ހަމުގެ ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހުރިހާ ދުވުންތެރިންނަށް ހިލޭ ސާމްޕަލް ބަހާފައިވޭ
'ކޯނިޓޯސް' ނަޗޯސް އާއި 'ގޮދްރެޖް އެއާ'ގެ ސްޓޯލްތަކުން އުފެއްދުންތަކުގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ބައިވެރިންނަށް ދީފައިވޭ
ދުވުން ނިންމި ބައިވެރިންނަށް 'ކެވިންސް' މިލްކްޝޭކްގެ ސާމްޕަލްތައް ވެސް ވަނީ ދީފައި
ބުނީ ކީކޭ؟ - ބީބީއެމްގެ ހެޑް އޮފް ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން އެންޑް ކޯޕަރޭޓް އެފެއާޒް އަލީ އަފްރާހު ހަސަން ވިދާޅުވީ، އެމްއެންޔޫ މެރަތަނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.
"ބީބީއެމްގެ 50އަށް ވުރެ ގިނަ މުވައްޒަފުން މި ދުވުމުގައި އަމަލީ ގޮތުން ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މިއިން ދޭހަކޮށްދެނީ ދުޅަހެޔޮކަމަކީ ހަމައެކަނި އަޅުގަނޑުމެން ދޭ ސްޕޮންސަޝިޕެއް ނޫން ކަމާއި އެއީ އަޅުގަނޑުމެންގެ ކުންފުނީގެ ސަގާފަތުގެ ބައެއްކަން،" އޭނާ ވިދާޅުވި އެވެ.
ޔުނިލީވާ އިންޓަނޭޝަނަލްގެ މަންދޫބުން ވެސް ބައިވެރިވި މި ދުވުމަކީ، މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށާއި ގައުމީ ފެންވަރުގެ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް ބީބީއެމް އިން ކުރާ މަސައްކަތުގެ ނަމޫނާ އެކެވެ.
ފާހަގަކޮށްލެވޭ - ބީބީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އާއި ރީޓެއިލް ދާއިރާއަށް ބޭނުންވާ މުހިންމު ސާމާނު ފޯރުކޮށްދޭ، ރާއްޖޭގެ އެންމެ އިތުބާރު ހިފޭ އެއް ޑިސްޓްރިބިއުޝަން ޕާޓްނަރެވެ.
އެމްއެންޔޫ މެރަތަންއާ އެކު ބީބީއެމްއިން ދުޅަހެޔޮ މުޖުތަމައަކަށް އެހީތެރިކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ