ކަނޑު މަގުން އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާއަަށް ވުރެ އަގުބޮޑު  ހަޝިޝް އޮއިލް އަތުލައިގެންފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސްއިން މިއަދު ބުނީ މިތަކެތި އަތުލައިގަތީ މިދިޔަ ބުރާސްފަތިދުވަހު ރާއްޖެއަށް ކަނޑު މަގުން ގެނައި މުދާ ޝިޕްމެންޓެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
ތަފްސީލް - އެ ޝިޕްމެންޓު ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށާއި ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން މިތަކެތި ޕޮޒިޓިވްވެފައި ވަނީ ހަޝިޝް އޮއިލްއަށް ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގަތް ތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ހުރި ކަމަށާއި އޭގެ މަގުމަތީގެ އަގު 29 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އެ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ