ކ.ދިއްފުއްޓަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރި ފަތުރުވެރިއަކު އިސްލާމްވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައިވާގޮތުން އިސްލާމްދީން ޤަބޫލުކޮށްފައިވަނީ 49 އަހަރުގެ އަންހެނެކެވެ. އެމީހާއަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ މީހެކެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ މީހާ ޝަހާދަތްކިޔައި އިސްލާމްވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގެ މިސްކިތުގެ ތެރޭގައެވެ. އިސްލާމް ވުމަށްފަހު އޭނާއަށް ދިން ނަމަކީ ހަދީޖާއެވެ. އޭނާ އިސްލާމްވާން ދިމާވީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ބައެއް މީހުން އިސްލާމްދީން ޤަބޫލުކުރުމުގެ ކަންކަން މީގެ ކުރިންވެސް ހިނގާފައި އެބަހުއްޓެވެ.
އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު އެކަނިވެސް ރާއްޖެ އައި ބިދޭސީންގެ ތެރެއިން 39 އަކަށްވުރެ ގިނަ މީހުން އިސްލާމްވިއެވެ. އޭގެ ތެރެއިން އެންމެ ގިނައީ ފިލިޕީންސްއަށް ނިސްބަތްވާ މީހުންނެވެ.
ދިއްފުއްޓަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރި ފަތުރުވެރިއަކު އިސްލާމް ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ