ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ އަތުލައިގަނެފައިވަނީ، މިމަހުގެ 12 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރު މެދުވެރިކޮށް ކަމަށެވެ. ޓެސްޓްކުރުމުގެ މަރުހަލާއިން އެތަކެއްޗަކީ ހަޝިޝް އޮއިލްކަން ދެނެގަނެވިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ. މި ތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ހުއްޓެވެ.
ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގަނެފައިވަނީ މުދާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.
މި މައްސަލާގައި ބަޔަކު ނުވަތަ މީހަކު ހައްޔަރުކުރިކަމެއް އަދި ސާފެއް ނުވެއެވެ. 
ކަސްޓަމްސްއިްނ ވަނީ މިދިޔަ ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހުވެސް ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ ހަޝިޝް އޮއިލްތަކެއް އަތުލައިގަނެފައެވެ.  އެތަކެތީގެ މަގުމަތީ އަގު 32 މިލިއަން ރުފިޔާއަށް އަރާނޭކަމަށް ކަސްޓަމްސްއިން އޭރު ވަނީ ބުނެފައެވެ.
މި ފަހަކަށް އައިސް އަތުލައިގަންނަ ހަޝިޝް އޮއިލް އިތުރުވެފައިވާއިރު، ފުލުހުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އޮޕަރޭޝަން އަލިމަގު ނަމުގައި ޑްރަގާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ