ރޯވި މަސްދޯނީގެ ބައިތައް އޮޔާ ދާތީ ސަމާލުވާން އެދެފި

މިއަދު ކަނޑުމަތިން އަލިފާން ރޯވި މަސްދޯނީގެ ބައިތަކެއް އޮޔާ ދާތީ ސަމާލުވާން އެމްއެންޑީއެފްއިން މިރޭ އެދެފި އެވެ.
ވީ ކިހިނެއް؟ - 15 މީހުންނާ އެކު ކ. ދޫނިދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވީ 'ފްރެޝް ފްރޮމް ދަ ސީ' ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަމުގެ ދޯންޏެއްގަ އެވެ. އެ ހާދިސާގައި ފަސް މީހަކަށް އަނިޔާވެ، އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ތަފްސީލް - އެމްއެންޑީއެފްއިން ބުނީ އެ ދޯނި އަޑިއަށް ދިޔުމުން ދޯންޏާއި އޭގައި ހުރި ބައެއް ތަކެތި ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. މިއީ މާލެ ސަރަހައްދުގައި ކަނޑު ދަތުރުފަތުރު އެންމެ ބޮޑަށް ކުރާ އެއް ދިމާލެވެ.
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށް ދިޔަ ސަރަހައްދުން ދެކުނަށް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ދަތުރުކުރާއިރު މި ކަމަށް ސަމާލުވެ، ހާއްސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރާ ނަމަ އިތުރަށް ސަމާލުވާން އެމްއެންޑީއެފް \އިން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ