ކ. ދިއްފުއްޓަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅުނު އަންހެން ފަތުރުވެރިޔަކު އިސްލާމްވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފަތުރުވެރިޔާ ޝަހާދަތްކިޔާ އިސްލާމްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ތަފްސީލް - އެ ވީޑިއޯއިން ފެންނަނީ އޭނާއަށް އެ ރަށުގެ މިސްކިތެއްގެ ތެރޭ ޝަހާދަތް ލައިދޭއިރު ފަރުވާތެރިކަމާ އެކު ޝަހާދަތުގެ ކަލިމަތައް ކިޔަމުންދާ ތަނެވެ.
އިސްލާމްވުމާ އެކު އޭނާގެ ނަމަކީ މިހާރު ޖަމީލާ އެވެ. އުމުރުން 49 އަހަރުގެ އެ މީހާ ޝަހާދަތް ކިޔާ އިސްލާމްދީން ގަބޫލު ކުރުމަށް މިސްކިތަށް ގޮސް އޭނާ ހުރީ ވެސް ހިޖާބު އަޅައިގެންނެވެ.
ދިއްފުއްޓަށް ގޮސް އުޅެމުން އިސްލާމްދީން ގަބޫލުކުރި ފަތުރުވެރިޔާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ސާފުވާ ގޮތެއް ނުވި އެވެ.
ފާހަގަކުރެވޭ - މީގެ ކުރިން 2025 ވަނަ އަހަރު ވެސް ރާއްޖެ އައި ފަތުރުވެރިޔަކު ވަނީ އިސްލާމް ދީން ގަބޫލުކޮށްފަ އެވެ. އެފަހަރު އިޓަލީގެ ފިރިހެނަކު އިސްލާމް ދީން ގަބޫލުކުރީ, އޭނާ ބުނިގޮތުގައި, ދިވެހިންގެ ހެޔޮކަން ފެނި ތަޖުރިބާ ކުރެވުމުންނެވެ.
ދިއްފުއްޓަށް ގޮސް އުޅުނު ފަތުރުވެރިޔަކު އިސްލާމްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ