މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
ގަދަވަޔާއެކު ބޯކޮށް ވާރޭވެހޭނެތީ ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި މިއަދު ހެނދުނު 6:30 އިން ފެށިގެން 11:30 ގެ ނިޔަލަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ، ރާއްޖޭގެ އުުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގައި ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭއިދާރާއިން ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ، އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެއެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑުބަޔަކަށް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ