ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމާދެކޮޅަށް އިސްރާޢީލުން މުޒާހަރާކޮށްފި


އިސްރާއީލުން އަސީރުންގެ ގޮތުގައި ޤައިދުކޮށްފައިވާ ފަލަޞްޠީންގެ ރައްޔިތުން މިނިވަން ކުރުމަށް އިސްރާއީލް ސަރުކާރުން ނިންމާފައިވާ ނިންމުމާ ނުރުހުން ފާޅުކޮށް އިސްރާއީލްގެ ރައްޔިތުން މުޒާހަރާކޮށްފިއެވެ.
 
ހުޅަނގު އައްސޭރީގައި ހުންނަ މައި ޖަލުގެ ބޭރުގައި އިސްރާއީލު ރައްޔިތުން މުޒާހަރާ ކުރަމުންދަނީ މިހަފްތާގެ ތެރޭގައި ފަލަޞްޠީންގެ ސައްބީސް އަސީރަކު މިނިވަން ކުރުމަށް އެޤައުމުގެ ކެބިނެޓުން ނިންމުމާ ގުޅިގެންނެވެ.
 
އިސްރާއީލް ސަރުކާރުގެ މިނިންމުމަކީ ޖުލައި މަހު ފަލަޞްޠީނާއެކު ބޭއްވި ޞުލްޙައިގެ މަޝްވަރާއަށް މަގުފަހިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް މުރާސިލުން ބުނެއެވެ. މުޒާހަރާ ކުރަމުންދާ މީހުން ބުނެފައިވަނީ ޖަލުތަކުގައި ތިބި ފަލަޞްޠީން މީހުންނަކީ ކުށްވެރިން ކަމަށާއި އެމީހުންނަށް ހައްޤު އަދަބު ދޭންޖެހޭ ކަމަށެވެ. އަދި އެމީހުން ހިންގި ޖަރީމާތަކަށް ދޭން ޖެހޭ އަދަބު ނުދީ މިނިވަން ކުރުމަކީ އިސްރާއީލް ރައްޔިތުންނަށް އެޤައުމުގެ ސަރުކާރުން ބޭއިންސާފުވުން ކަމުގައި ދެކޭ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ