މެމްބަރު ޝިނާނާއި އިލްހާމް ހޯދުމަށް ފުލުހުން އަނެއްކާވެސް އިއުލާނުކޮށްފި

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ހޯދުމަށް ފުލުހުން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.
ފުލުހުންބުނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ މ އަލިމަސްވާދީ، އަބްދުﷲ ސިނާން އާއި ގއ ގެމަނަފުށި، އޯކިޑުމާގެ އިލްހާމް އަޙްމަދު އެވެ.
މީގެ ކުރިން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭވެސް ފުލުހުންވަނީ ޝިނާނާއި އިލްހާމް ހޯދުމަށް އިއުލާނު ކޮށްފައެވެ. އެފަހަރު ފުލުހުންބުނީ އެ ދެ މެމްބަރުން ހޯދަނީ ދިއްގަރު ދާއިރާހެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކުރެވޭ ރިޝްވަތުގެ ތުހަމަތާއި ގުޅިގެން ކަމުގައެވެ.
ފުރަތަމަ ދެ މެމްބަރުން ހޯދުމަށް ފުލުހުން އިއުލާނު ކުރެއްވި އިރު ދެ ބޭފުޅުން ރާއްޖެއިން ބޭރުގައި ތިއްބެވި ނަމަވެސް، މިމަހުގެ ހަތަރު ވަނަ ދުވަހު ދެ މެމްބަރުން ރާއްޖެ ވަޑައިގެންނެވުމުން ދެ މެމްބަރުންވެސް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މިމަހުގެ ފަސްވަނަ ދުވަހު ކޯޓުން ދެ ބޭފުޅުންވެސް ދޫކޮށްލިއެވެ.
އޭގެ ފަހުން އިލްހާމާއި ޝިނާނުގެ ހަބަރެއް ނުވެއެވެ. އެބޭފުޅުން ރާއްޖެއިން ބޭރަށް ފަހުން ވަޑައިގެންނެވި ކަމެއް ނުވަތަ ނޫންކަމެއްވެސް ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ