މޫސުން ތަން ނުދިނުމުން ފަސް ވައުދުގައި ސޮއިކުރުން ކެންސަލްކޮށްފި

ރާއްޖޭގައި މިނިވަން ނޫސްވެރިކަން ދެމެހެއްޓުމުގެ ނަމުގައި ފަސް ވައުދެއްގައި ސޮއި ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ހިންގަން ރޭވި ހަރަކާތް މޫސުން ތަން ނުދިނިމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ދެންމެ އާންމު ކުރި ޓެކްސްޓް މެސެއްޖައި ބުނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ކަނޑައެޅި ފަސް ވައުދުގައި ސޮއިކުރުން ކެންސަލުކުރަން ނިންމީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށެވެ.
ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ހިންގަން ރޭވި ހަރަކާތަކީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގެ ދަށުން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހުދޫދުގެ ތެރެއިން މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށް ޓަކައި ފަސް ނުކުތާގެ ވައުދެއް އެކުލަވާލެވިފައި އެ ވައުދުގައި ސޮއިކުރުމަށް ހިންގި ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ