އިބްރާހިމް މުހައްމަދު ޞާލިހަށް ފަހު އެކިފިކުރުގެ ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދެވޭނެ ބޭފުޅަަކީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް އިބޫ ހުންނަވައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވަމުން އަލީ ހުސައިން ވިދާޅުވީ އިއްތިހާދުގެ ސަރުކާރާއެކު ކުރިޔަށް ދިޔުމަށްޓަަކައި އެފަދަ ބޭފުޅަކު ބޭނުންވާ ކަމަށެވެ.
އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރަށް ވާއިރު އަދި އިންތިޚާބީ ނާއިބު ރައީސް ފައިސަލް ނަސީމަކީ ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރަށް ވާއިރު އެދެބޭފުޅުން ރައީސާއި ނާއިބު ރައީސް ކަމުގެ މަޤާމުގެ ހުވާކުރެއްވުމާއި އެކު އެގޮނޑިތައް ހުސްވެގެންދާނެއެވެ.
އަލީ ހުސައިން ވިދާޅުވީ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ތަފާތު ފިކުރުތަކުގެ މީހުންނާއި އެކު މަސައްކަތް ކުރައްވައި އާ ޤާނޫނު އަސާސީ ވުޖޫދަށް ގެންނެވުމުގައި ޤާސިމް އިބުރާހިމް ކުރެއްވި މަސައްކަތަކީ ނަމޫނާ މަސައްކަތެއް ކަމަށެވެ.
އަދި އެމަނިކުފާނަކީ ދޫ ދެއްވައި ތަފާތު ފިކުރުގެ މީހުންނާއި އެކުގައި މަސައްކަތްޕުޅު ކުރެއްވޭނެ ބޭފުޅެއް ކަމުގައިވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އަލުން ފަށައި ޤައުމު ހަމަ މަގަށް އަޅުވަން ޖެހިފައި ވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މަޖިލީހުގެ ހުރިހާ މެމްބަރުންނާއި އެކު މަޖިލީހުގެ ޖަލްސާތައް ފެށުމަށް ގޮވާލައްވާފައެވެ.
ީމީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ޤާނޫނާއި ޤަވާއިދުތައް މުގުރާލައްވައި ޚުދުމުހުތާރުކޮށް ކަންކަން ކުރައްވަމުން ގެންދެވި މަޖިލީހުގެ ރައީސް ޢަބުދުﷲ މަސީޙު މުހައްމަދާއި ނާއިބު ރައީސް ރީކޯ މޫސާމަނިކު މަޤާމުން ދުރަށް ވަޑައިގެންނެވުމަށް މެމްބަރުން ގެންދަވަނީ ގޮވާލައްވަމުންނެވެ.
އެކިފިކުރުގެ ބޭފުޅުންނާއެކު މަޖިލީހުގައި ކުރިއަށް ދެވޭނެ ބޭފުޅަަކީ ގާސިމް: އަލީ ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ