ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްގެ ސުލުކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެކޮމިޝަނުން މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވެވި އެ ކޮމިޝަންގެ 50ވަނަ ބައްދަލްވުމުގައެވެ.
ޖޭއެސްސީގެ ރައީސް އަލްއުސްތާޒު އަބްދުﷲ އަރީފް، ރިޔާސަތު ބެލެހެއްޓެވި މި ބައްދަލްވުމާއި ގުޅޭގޮތުން އެ ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްއާއި ގުޅޭގޮތުން އެކޮމިޝަނަށް ޝަކުވާއެއް ލިބިފައިވާކަމަށެވެ. އެހެންކަމުން އެކަން ބެލުމަށް މިއަދު ބޭއްވުނު ބައްދަލްވުމުގައި ނިންމާފައިވާކަމަށެވެ.
އަދި މި ޝަކުވާގެ މައްސަލަ ބެެލުމަށް ތައުބީދީ ކޮމެޓީއަށް ފޮނުވުމަށް ނިންމާފައިވާކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
ނަމަވެސް އެ މައްސަަލައިގެ އެއްވެސް ތަފްސީލެއް ޖޭއެސްސީން މިއަދު ހާމަކޮށްފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އަހްމަދު ހައިލަމް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ 2018ވަނަ އަހަރު މެއި މަހުގެ 28ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ކްރިމިނަލް ކޯޓުން ނިންމި ބޮޑެތި ބައެއް މައްސަލަތައް ބަލާފައިވަނީވެސް ހައިލަމްއެވެ.
ހައިލަމްއާއިމެދު އޭރުގެ އިދިކޮޅު ފަރާތްތަކުން ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާއިރު، މިވަގުތު ގިނަ ބައެއްގެ ނަޒަރު އެންމެ ބޮޑަށް ހުއްޓިފައިވާ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްވެސް ކުރިއަށް ގެންދަވަނީ ފަނޑިޔާރު އަހުމަދު ހައިލަމްއެވެ.
ޖޭއެސްސީއަށް މިފަހުން އައި ބޮޑު ބަދަލާއެކު، އެ ކޮމިޝަނުން ގެންދަނީ ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތައް ބަލަމުންނެވެ.
އަދި މި ދުވަސްވަރަކީ ޖުޑީޝަރީއަށް ބަދަލުތަކެއް ގެނައުމަށް، ރައްޔިތުންގެ މަޖިލީސްތެރެެއިންވެސް ގިނަ މަސައްކަތްތަކެއް ކުރެވޭ ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމްގެ މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ